ޚަބަރު
ބްރިޖުގެ މެއިންޓެނަންސް މަސައްކަތް ޗައިނާ ކުންފުނިން ފަށައިފި
ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް ނުވަތަ ސިނަމާލެ ބްރިޖުގެ މެއިންޓަނަންސް މަސައްކަތްތައް އެ މަޝްރޫއު ކުރިއަށްގެންދިޔަ ޗައިނާގެ ކުންފުނިން ފަށައިފި އެވެ. 

މި މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައި ވަނީ މި މަހުގެ 20 ވަނަ ދުވަހުއެވެ.

މި އެއްބަސްވުމުގެ ދަށުން ޗައިނާގެ ސީސީސީސީ ކުންފުންޏާ ހަވާލުކޮށްފައިވަނީ ތިން އަހަރު ދުވަހުގެ މުއްދަތަށް ބްރިޖްގެ މަރާމާތާއި ބެލެހެއްޓުމާ ގުޅޭ މަސައްކަތްތަކެވެ. އެގޮތުން މިހާރުން މިހާރަށް ކުރިއަށް ގެންދަންޖެހޭ ބްރިޖް މަރާމާތާއި ގުޅޭ ފަންނީ މަސައްކަތްތަކާއި މެއިންޓަނަންސް އަދި ބްރިޖްގެ ހާލަތާ ގުޅޭ ރެކޯޑްތައް ބެލެހެއްޓުމުގެ މަސައްކަތް ކުރިއަށްގެންދާނެ ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ބުނެ އެވެ.

ސިނަމާލެ ބްރިޖުގެ މެއިންޓަނަންސް މަސައްކަތަށް ގާތްގަނޑަކަށް 3.6 މިލިއަން ޑޮލަރު ހަރަދުވާއިރު، މިއީ ޗައިނާ ސަރުކާރުން ރާއްޖެއަށް ފޯރުކޮށްދޭ ހިލޭ އެހީގެ ތެރެއިން ކުރިއަށްގެންދާ މަސައްކަތެކެވެ.

ޗައިނާގެ ހިލޭ އެހީއާއި ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށްގެންދިޔަ ސިނަމާލެ ބްރިޖް މަޝްރޫޢުގެ މަސައްކަތް ނިންމާ ބޭނުންކުރަން ހުޅުވާލީ ރައީސް ޔާމީން ވެރިކަމުގައި 2018 ވަނަ އަހަރުގެ އޮގަސްޓުމަހު އެވެ. މި ބްރިޖުގެ މަސައްކަތްތަކަށް ޖުމްލަ 300 މިލިއަން ޑޮލަރު ހަރަދުކޮށްފައިވެ އެވެ. މިއީ 1.39 ކިލޯމީޓަރުގެ ބްރިޖެކެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު