ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރަސްމާލެއާ މާލެއާއި ދެމެދު ބްރިޖަކުން ނުގުޅޭނެ: ފައްޔާޒު
އަލީ ރާޒީ
02 އޭޕްރީލް 2024 - 19:36
0
comments
Tweet
Telegram
ރަސްމާލެއާ މާލެއާއި ދެމެދު ބްރިޖަކުން ނުގުޅޭނެ ކަމަށް އިދިކޮޅު މައި ޕާޓީ, މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާލުވެއްޖެ އެވެ.
އެމްޑީޕީން މާފަންނު ދެކުނު ދާއިރާގައި ކުރިއަށްގެންދިޔަ ކެމްޕެއިން ހަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުން ފައްޔާޒް ރޭ ވިދާޅުވީ ދުނިޔޭގައި އޮތްހާ ލާއިރު އަޅައިގެން މި ދެމެދުގައި ކަނޑުއަޑީގެ ޓަނަލެއް ނޭޅޭނެ ކަމަށާއި އެ މަސައްކަތް ކުރުމަށް 200 ބިލިއަނެއްހާ ޑޮލަރު ހަރަދުކުރަން ޖެހޭނެ ކަމަށެވެ.
"މާލޭގެ ބޯހިޔާވެހިކަން އެންމެ އަވަހަަށް ހައްލުކުރެވޭނީ ގުޅީފަޅާ، ހުޅުމާލެއާ، ގިރާވަރު ފަޅާ އަދި އުތުރު ތިލަފަޅުން. ސަރުކާރުން ހިންގާ އެންމެ މުހިންމު ޕްރޮޖެކްޓަަކަށް ވާންޖެހޭނީ އެ ޕްރޮޖެކްޓް. އަލުން ބަލުން މާދުރުގައި އޮތް ފަޅެއް ހިއްކައިގެން ބޯހިޔާވެހިކަމަށް ހައްލެއް ލިބިއްޖެ ކަމަށްވާ ނަމަ، މީގެ 30 އަހަރު ފަހުން އެތާގައި ދިރިއުޅެވޭ ވަރު ވެދާނެ." ފައްޔާޒު ވިދާޅުވި އެވެ.
އުތުރުތިލަފަޅުގައި ދިވެހި ރައްޔިތުންނަށް ބޭނުންވާ މިންވަރަށް ކާބޯތަކެތި ހެއްދުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަށްވެސް ފައްޔާމް ވަނީ ފާޑުވިދާޅުވެފައެވެ. ކުރީ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރުކަންވެސް ކުރެއްވި ފައްޔާޒް ވިދާޅުވީ އުތުރުތިލަފަޅުގައި ދަނޑު ހެއްދިނަމަވެސް، އެމްޑީޕީގެ ސަރުކާރެއްގައި އެތަން ބޯހިޔާވަހިކަމަށް ބަދަލުކުރާނެކަމަށެވެ.
ފައްޔާޒު ވިދާޅުވީ ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ބޯހިޔާވެހިކަމަށް ހައްލެއް ގެނައުމަށް މަސައްކަތް ކުރަމުން ގޮސް އެ ހިސާބަށް ދެވުނީ ދައުރުގެ ފަހުކޮޅުކަމަށެވެ. ނަމަވެސް އެ ސަރުކާރުން ގެނައި ހައްލަކީ ހުރިހާ އެންމެންނަށް އޭގެ މަންފާ ލިބޭނެ ހައްލެއް ކަމަށް ވިދާޅުވި އެވެ.
ރަސްމާލެ އާއި މާލެ ގުޅުވާލާނީ އަންޑަ ވޯޓާ ޓަނަލަކުން: ރައީސް
ފުށިދިއްގަރުފަޅު ނުވަތަ ރަސްމާލެ ހިއްކުމަކީ މާލޭގެ މީހުންގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށްޓަކައި ރައީސް ޑރ. މުއިއްޒުގެ އެންމެ އުންމީދީ މަޝްރޫއެވެ. އެހެންވެ، ފުށިދިއްގަރު ފަޅު ހިއްކުމުގެ މަސައްކަތް ފަށައި، އެ މަސައްކަތް އަށް މަސް ތެރޭގައި ނިންމަން ވަން ވަނީ އަމާޒު ހިފައިފަ އެވެ.
"ރަސްމާލެއަށް ގުޅުވާލުމަށްޓަކައި ވަރަށް ގާބިލު ކުންފުނިތަކާ އަޅުގަނޑުމެން މިހާރު ވާނީ މަޝްވަރާ ފަށާފައި. މުޅި ދުނިޔޭގައި ވެސް ފުރަތަމަ ފަހަރަށް މިހާރު މި ޕްލޭން ކުރެވެނީ އަންޑަވޯޓާ ޓަނަލް، މާލެއިން ރަސްމާލެއަށް ގުޅުވާލުމުގެ މަސައްކަތް،" މާލޭގެ އާ މޭޔަރު އާދަމް އާޒިމާއި އާ ތިން ކައުންސިލަރުން ހުވާ ކުރުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މާލެ ކައިރިން ގޯތި ދިނުމަށް ނިންމާފައިވާ ހުުރިހާ ބިންތަކެއް ހިމެނޭ ރަށްތައް ގުޅާލާނީ ބްރިޖަކުން ކަމަށެވެ. މިހާރު ފެށިގެން ކުރިއަށްދާ ތިމަލާޖެ ބްރިޖު އަދި ދަނީ ތިލަފުއްޓާ ހަމައަށް ކަމަށާއި އުތުރުތިލަފަޅާ ހަމައަށް ގުޅާލުމަށް އިތުރު ދެ ބްރިޖު ބޭނުންވާ ކަމަށް ރައީސް ވިދާޅުވި އެވެ.
އެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި އެ ބްރިޖުތައް ވެސް ނިންމާނީ މި ސަރުކާރުން ކަމަށް ރައީސް ވިދާޅުވި އެވެ. މި ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ އެ މަނިކުފާނު ވިދާޅުވި ގޮތުގައި މާލޭގެ ރައްޔިތުންނާއި މުޅި ރާއްޖޭގެ ރައްޔިތުންނަށް ވެސް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކޮށްދިނުމެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
2 ގަޑިއިރު ކުރިން
0
ސަރުކާރުން ކުންފުންޏެއް އުފައްދައިފި؛ ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް
2 ގަޑިއިރު ކުރިން
0
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ލާޒިމްވާ ބިލު އަނބުރާ މަޖިލީހަށް ފޮނުއްވައިފި
1 ދުވަސް ކުރިން
0
އާއިލާތައް ބަދަހިވެ ހަރުދަނާވުން މުހިންމު: ރައީސް
2 ދުވަސް ކުރިން
0
އެމްޑީޕީން 19 ވަނަ މަޖިލީހުގައި ކުރީ ފަޚުރުވެރިވާ މަސައްކަތްތަކެއް: ޝާހިދު
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ސަރުކާރުން ކުންފުންޏެއް އުފައްދައިފި؛ ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް
2 ގަޑިއިރު ކުރިން
0
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ލާޒިމްވާ ބިލު އަނބުރާ މަޖިލީހަށް ފޮނުއްވައިފި
2 ގަޑިއިރު ކުރިން
0
ސައުދީ ފަންޑުން ރާއްޖެއަށް 150 މިލިއަން ޑޮލަރުގެ ލޯނެއް
3 ގަޑިއިރު ކުރިން
0
ސައުދީ ފަންޑުގެ ލޯނުގައި ހެދި ހުޅުމާލެ ބްރިޖުތައް ހުޅުވައިފި
3 ގަޑިއިރު ކުރިން
0