ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
އީދު ދުވަހު ހަވީރު ވެހިކަލް ދުއްވުން މަނާ
އައިމިނަތު ޝިޔާޒާ
08 އޭޕްރީލް 2024 - 12:13
0
comments
Tweet
Telegram
މި އަހަރުގެ ފިތުރު އީދު ދުވަހުގެ ހަވީރު ހަމައެކަނި ހިނގާފައި އުޅޭ ގޮތަށް މާލޭ ސިޓީ ކައުންސިލުން ހަމަޖައްސައިފި އެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ މިއަހަރުގެ ފިތުރު އީދު ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް މާލެ ސަރަހައްދުގެ މަގުތައް ވެހިކަލް ދުއްވަން ބަންދުވާނެ ކަމަށެވެ. އެހެންކަމުން، މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ހިމެނޭ އާންމު ހުރިހާ މަގުތަކެއްގައި އެވަގުތުގައި އިންޖީނުލީ އަދި ބެޓެރީ ވެހިކަލް ދުއްވުން މަނާ ވާނެ އެވެ.
އަދި އެ ވަގުތުގައި އިމަޖެންސީ ހަލަތުގައި ދަތުރުކުރާ ވެހިކަލްތަކަށް ހާއްސަ ސްޓިކާއެއް ދޫކުރަން ވެސް ވަނީ ހަމަޖެހިފަ އެވެ. ކައުންސިލުން ބުނީ އެ ކައުންސިލްގެ އާންމު ހިދުމަތާއި ބެހޭ ބައިން އެފަދަ ހިދުމަތްތައް ދޭ ވެހިކަލްތަކަށް މިއަދާއި މާދަމާ ހެނދުނު 10:00 އިން މެންދުރު ފަހު 2:00 އަށް ސްޓިކާ ދޫކުރަމުންދާނެ ކަމަށެވެ.
ކައުންސިލުން އިތުރަށް ބުނެފައި ވަނީ ގްރޭޓާ މާލެ ސަރަހައްދުގައި އީދު ދުވަހު ހަވީރު ވެހިކަލް ދުއްވާ މީހުންނާމެދު ގާނޫނީ ފިޔަވަޅު ވެސް އަޅާނެ ކަމަށެވެ.
ފަހަކަށް އައިސް ކޮންމެ އީދު ދުވަހެއްގެ ހަވީރު ވެހިކަލް ދުއްވުން މަނާ ކުރެ އެވެ. އެވަގުތު މަގުތަކުގައި މީހުން އުޅެނީ ހިނގާފަ އެވެ. އީދު ދުވަސް ކަމުން ގިނަ އަދަދެއްގެ ކުޑަކުދިން ވެސް މަގުމަތީގައި އުޅެ އެވެ.
ކަލަންޑަރުގައި ބުނާ ގޮތުގައި މި އަހަރުގެ ފިތުރު އީދަށް ވާނީ އަންނަ ބުދަ ދުވަހެވެ. ރޯދަ މަސް ނިމެން ދެތިން ދުވަހަށް ވެފައިވާއިރު، މާލެ ސަރަހައްދު އީދަށް ޒީނަތްތެރި ކުރުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން މިހާރު ވެސް އަންނަނީ ކުރަމުންނެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
17 ދުވަސް ކުރިން
0
ބާވެފައި ހުރި މުސްހަފުތައް މާލެ ސިޓީ ކައުންސިލުން ބަލައިގަންނަނީ
25 ދުވަސް ކުރިން
0
މާލެ ސިޓީ ކައުންސިލުން ކުރިއަށްގެންދާ އީދު ހަރަކާތްތައް
30 ދުވަސް ކުރިން
0
އެމްޑީޕީގެ ސަރުކާރަށް މާލެ އަށް ކޮށްދެވުނު ކަމެއް ނެތް: ރައީސް
2 މަސް ކުރިން
0
ބުޅާ ފެސިލިޓީގެ އަމަލީ މަސައްކަތް ފަށައިފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ޑްރެޖަރުގައި އަނިޔާވި ބިދޭސީ މީހާ މަރުވެއްޖެ
5 ގަޑިއިރު ކުރިން
0
ތުރުކީވިލާތުން އިސްރާއީލާ އެކު ކުރާ ވިޔަފާރީގެ މުއާމަލާތްތައް ހުއްޓާލައިފި
5 ގަޑިއިރު ކުރިން
0
ދައުލަތުގެ ބަޖެޓުން ނޫސްމީޑިއާތަކަށް ކަނޑައެޅޭ ވަކި އިނާޔަތެއް ދެނީ
6 ގަޑިއިރު ކުރިން
0
ތަރައްގީގެ އިތުރު މަޝްރޫއުތަކަށް އަބޫދާބީ ފަންޑުގެ އެހީ ހޯދަނީ
6 ގަޑިއިރު ކުރިން
0