ޚަބަރު
ޑިރެކްޓާ ޖެނެރަލް އޮފް ޒަކާތުގެ މަގާމަށް ޝައިހް އިއްޒައްދީން
ޑިރެކްޓަރ ޖެނެރަލް އޮފް ޒަކާތު ހައުސް މަޤާމަށް ފަޟީލަތުއްޝައިޚް ޢިއްޒައްދީން ޢަދްނާން އައްޔަނުކުރައްވައިފި އެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޒަކާތުގެ މަގާމަށް މީހަކު ހޯދަން އިސްލާމިކް މިނިސްޓްރީން އިއުލާނު ކުރީ ފެބްރުއަރީ ފަސްވަނަ ދުވަހު އެވެ. އޭރު ބުނީ އެ މަގާމަށް މީހަކު ހޯދަނީ އެއް އަހަރާއި 11 މަސްދުވަހުގެ މުއްދަތަށް ކޮންޓްރެކްޓު އުސޫލުން ކަމަށެވެ.

އެ މުއްދަތު ހަމަވުމުން މަސައްކަތުގެ ފެންވަރު ބަލައި ރަނގަޅު ނަމަ ވަޒީފާ ދާއިމީ ކުރެވިދާނެ ކަމަށް ވެސް އިއުލާނު ގައި ވެ އެވެ.

އިސްލާމިކް މިނިސްޓްރީން މިރޭ ބުނީ ޑިރެކްޓަރު ޖެނެރަލް އޮފް ޒަކާތުގެ މަގާމަށް އައްޝައިހް އިއްޒައްދީން އަދްނާން އައްޔަނު ކޮށްފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެ އެވެ.

މަގާމުގެ ލިޔުން ހަވާލުކޮށް ދެއްވީ މިނިސްޓަރު މުހައްމަދު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.

މިނިސްޓްރީން ކުރިން ބުނި ގޮތުގައި މި މަގާމަށް މުސާރައިގެ ގޮތުގައި 43،500 ރުފިޔާ ލިބޭނެ އެވެ. އެއީ އަސާސީ މުސާރައިގެ ގޮތުގައި 28،500 ރުފިޔާ އާއި ލިވިން އެލަވަންސްގެ ގޮތުގައި 12،500 އަދި ސާވިސް އެލަވަންސްގެ ގޮތުގައި 2،500 ރުފިޔާ އެވެ.

ފަޟީލަތުއްޝައިޚް ޢިއްޒައްދީން ވަނީ 2016 ވަނަ އަހަރު މާސްޓަރ އޮފް ޝަރީޢާ ކޯސް ފުރިހަމަ ކުރައްވާ ބުކް ޕްރައިޒްވެސް ހާސިލްކުރައްވައިފައެވެ.

ރައީސުލްޖުމްހޫރިއްޔާއަށް ޤާނޫނު އަސާސީގެ 116 ވަނަ މާއްދާއިން ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު "ދިވެހިރާއްޖޭގެ ޒަކާތު ހައުސް" އުފެއްދެވީ 18 ޑިސެމްބަރ 2023ގައެވެ. އަދި މި އަހަރު ޖެނުއަރީ 2 ވަނަ ދުވަހު އެމަނިކުފާނު ވަނީ "ދިވެހިރާއްޖޭގެ ޒަކާތު ހައުސް" އިފްތިތާހްކޮށްދެއްވައިފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު