ޚަބަރު
ޒަކާތު ފަންޑުން ގާޒާއަށް 100،000 ޑޮލަރު ފޮނުވަނީ
ޒަކާތު ފަންޑުން ފަލަސްތީނުގެ ގާޒާގެ ރައްޔިތުންގެ އެހީ ގޮތުގައި 100،000 ޑޮލަރު ފޮނުވަން ނިންމައިފި އެވެ.

މިއީ ރާއްޖޭގެ ޒަކާތު ފަންޑުން ބޭރުގެ ބަޔަކަށް އެހީތެރިކަން ފޯރުކޮށްދޭ ފުރަތަމަ ފަހަރެވެ.

މިނިސްޓަރު ޝަހީމް ވިދާޅުވީ މިއީ "ގާޒާ ރައްޔިތުންގެ ކާބޯތަކެއްޗަށް ހޭދަކުރުމަށްޓަކައި ފޮނުވޭ އެހީއެއް" ކަމަށާއި، މި އެހީ ފޮނުވާނީ ދެ ބަޔަކަށް ބަހާލައިގެން ކަމަށެވެ. ނަމަވެސް ފުރަތަމަ ފޮނުވާނީ ކިހާ ވަރެއް ކަމެއް ވިދާޅުވެފައެއް ނެތެވެ.

"މިއީ ދިވެހިރާއްޖޭގެ ޒަކާތު ފަންޑުން ބޭރުގެ ފަރާތަކަށް އެހީވާ ފުރަތަމަ ފަހަރު. މީގެކުރިން ވެސް ދިވެހި ރައްޔިތުންގެ ގައުމީ ފެންވަރުގެ އެހީ ދެ ފަހަރެއްގެ މަތިން ގަތަރުގެ ރެޑްކްރެސެންޓް މެދުވެރިކޮށް ފޮނުވާފައިވޭ،" ޝަހީމް ވިދާޅުވި އެވެ.

ގާޒާގައި ހާލުގައި ޖެހިފައިވާ މީހުންނަށް ޒަކާތު ފަންޑުގެ އެހީގައި ކާބޯތަކެތި ފޯރުކޮށްދޭން ނިންމިކަން ސަރުކާރުން އިއުލާންކުރީ މިދިޔަ ހަފުތާގަ އެވެ.

އިޒްރޭލުން މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން ފަލަސްތީނުގެ ގާޒާއަށް މެދުކެނޑުމެއް ނެތި ދެމުން ގެންދާ ހަމަލާތަކުގެ ސަބަބުން އެ ގައުމުގެ އެތައް ހާސް ބަޔަކު ޝަހީދުވެ، ގިނަ ބަޔަކު ވަނީ ހާލުގައި ޖެހިފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު