ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ތަރައްގީއަށް ހުރަސްއަޅާނެ ބަޔަކު މަޖިލީހަށް ގެންނަންޖެހޭ ސަބަބެއް ނެތް: ރައީސް
އަލީ ރާޒީ
17 އޭޕްރީލް 2024 - 01:40
0
comments
Tweet
Telegram
ތަރައްޤީއަށް ހުރަސް އަޅާނެ ބަޔަކު މަޖިލީހަށް އިންތިޚާބުކުރަންޖެހޭ ސަބަބެއް ނެތްކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ގަލޮޅު ދެކުނުގައި ކުރިއަށްގެންދިޔަ ކެމްޕެއިން ހަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ސަރުކާރުގެ ވިސްނުމާ އެއްގޮތަށް އެއްބާރުލުންދޭނެ ބަޔަކު މަޖިލީހަށް އިހުތިޔާރުނުކޮށެއް، ކޮންމެ މީހަކަށް ވެސް ބޯހިޔާވަހިކަމުގެ އެއް ތަން ހޯދާދިނުމަށް އެމަނިކުފާނު ވެފައިވާ ވައުދުގެ ޔަގީންކަން ހާސިލު ނުކުރެވޭނެ ކަމަށެވެ. އަދި އެކަމުގައި "ރިސްކެއް" ނަގަން ޖެހޭނެ ސަބަބެއް ނެތް ކަމަށް ވިދާޅުވި އެވެ.
ސަރުކާރުން ބިލެއް ހުށަހަޅާއިރަށް ބޭރުކޮށްލައި، ގެދޮރުވެރިކަމުގެ މަޝްރޫއުއެއް ހިންގަން ބޭރުގެ އެހީއަކަށް މަޖިލީހުން ހުއްދަ ހޯދަން އަހަންޖެހޭއިރު އެކަން އެޖެންޑާ ނުކޮށް ޖެއްސުން ކުރާ މީހުންނަށް މަޖިލިސް ދޫކޮށްލަން ޖެހޭ އެއްވެސް ސަބަބެއް ވިސްނިވަޑައިނުގަންނަވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ވެރިކަމުގެ އެންމެ ވަގުތެއްވެސް ބޭކާރު ކުރައްވާފައި ނުވާނެ ކަމަށެވެ. އެގޮތުން އެމަނިކުފާނު މަސައްކަތްޕުޅު ކުރައްވަނީ ތަރައްގީ ޔަގީންކުރުމަށް ކަމަށާއި، ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ހުއްޓިފައި ހުރި އެތައް މަޝްރޫއެއް ފެށިގެން ކުރިއަށްދާކަމަށް ވިދާޅުވި އެވެ.
"އެހެންވީމައި މި [ގެދޮރުވެރިކަމުގެ] މައްސަލަ ހައްލުކުރަން ސަރުކާރަށް، އަޅުގަނޑަށް ފުރުސަތު ރައްޔިތުން ދީފައި އެޔަށް ހުރަސް އަޅަން މަޖިލިސް އެމީހުންނަށް ދިނީމައި ދެކޮޅެއް ނުޖެހޭ. ދެކޮޅެއް ނުޖެހޭނެ،" ރައީސް ވިދާޅުވި އެވެ.
އިދިކޮޅު ފަރާތްތަކުގެ ވާހަކަތަކުން ހަމަނުޖެހުމާއި ބަދަލުހިފުމުގެ ރޫހު ފެނިގެންދާއިރު، ގައުމުގައި ހަމަޖެހުން ނެތި ހާސިލްވާނެ ތަރައްގީއެއް ނޯންނާނެކަމަށް ވިދާޅުވާ ވާހަކަފުޅު ރައީސް ތަކުރާރުކުރެއްވި އެވެ.
މީގެ އިތުރުން އެމަނިކުފާނަށް އިތުބާރުކޮށް ރައްޔިތުން ހަވާލުކުރި މަސައްކަތް ކުރެއްވުމަށް އެމަނިކުފާނަށް އެއްބާރުލުން ދެއްވާނެ މަޖިލީހެއް ހޮވައިފިނަމަ މި ފަސް އަހަރު ވެގެންދާނީ ރައްޔިތުން ފަޚުރުވެރިވާނެ ފަސް އަހަރަށް ކަމަށްވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
5 ގަޑިއިރު ކުރިން
0
ސަރުކާރުން ކުންފުންޏެއް އުފައްދައިފި؛ ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް
2 ދުވަސް ކުރިން
0
އާއިލާތައް ބަދަހިވެ ހަރުދަނާވުން މުހިންމު: ރައީސް
5 ދުވަސް ކުރިން
0
ހިދުމަތުގެ ކުރީ ސަފުގައި ތިބެ ނަރުހުން އަދާކުރަނީ ގައުމީ ވާޖިބެއް: ރައީސް
6 ދުވަސް ކުރިން
0
މުއިއްޒާއި އެމަނިކުފާނުގެ ޓީމު އޮތީ ބަދަހިކޮށް، ބައިބައި ކޮށްލުން ކާމިޔާބު ނުވާނެ: އަދުރޭ
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ސަރުކާރުން ކުންފުންޏެއް އުފައްދައިފި؛ ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް
5 ގަޑިއިރު ކުރިން
0
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ލާޒިމްވާ ބިލު އަނބުރާ މަޖިލީހަށް ފޮނުއްވައިފި
5 ގަޑިއިރު ކުރިން
0
ސައުދީ ފަންޑުން ރާއްޖެއަށް 150 މިލިއަން ޑޮލަރުގެ ލޯނެއް
6 ގަޑިއިރު ކުރިން
0
ސައުދީ ފަންޑުގެ ލޯނުގައި ހެދި ހުޅުމާލެ ބްރިޖުތައް ހުޅުވައިފި
6 ގަޑިއިރު ކުރިން
0