ޚަބަރު
ޕާޓީ ކެންޑިޑޭޓް ކެމްޕެއިންނަށް އެމްޑީޕީ ލީޑަޝިޕުން ނައީ ކީއްވެ..!؟
އެމްޑީޕީގެ މި ވަގުތުގެ އެންމެ އިސްވެރިން
ކުރިއަށް މިއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އިދިކޮޅު މައި ޕާޓީ, މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޓިކެޓުގައި 89 ދާއިރާއަށް ވާދަކުރެއެވެ،

މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އެމްޑީޕީން ކުރަމުން އަންނަ ކެމްޕެއިނުގައި ތެރެއިން އެ ޕާޓީގެ އިސް ލީޑަޝިޕުން އަންނަނީ ރާއްޖޭގެ އެކި ރަށްރަށަށް ޒިޔާރަތް ކުރައްވަމުން ނެވެ. 

ރައްޔިތުންގެ އަތުގައި އޮތް ވޯޓުލުމުގެ އަސާސީ ހައްގަށް "ސިޔާސީ ބާރު" ފޯރުމުމަށް އެމްޑީޕީން ކުރަމުންދާ ކެމްޕެއިން މަސައްކަތުގައި އިސްކޮށް އުޅުއްވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ. އަރިހުގައި އެމްޑީޕީގެ ޗެއާޕާސަން، ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް އަދި އެމްޑީޕީގެ ރައީސް ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އުޅުއްވަ އެވެ. އަދި މިނޫނަސް ސަރުކާރާއި އިދިކޮޅު އެމްޑީޕީގެ އިސް އެހެން ބައެއް ބޭފުޅުން ވެސް އަންނަނީ ބައިވެރި ވަމުން ނެވެ.

ނަމަވެސް ބައެއް ދާއިރާ ތަކަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓުންގެ ދިފާއުގައި ލީޑަރޝިޕްގެ ބޭފުޅުން ވަޑައިގެން ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެން ފައެއް ނުވެއެވެ. އަދި މިސްރާބު ހަމަމަގަށް ކެމްޕެއިން ހިނގާލުމުގައި ތަފާތު މެސެޖުތަކާއި އެކު މާލޭގައި އިއްޔެ ބޭއްވި ފުަޅަނދުގައި އެމްޑީޕީން ބައެއް ދާއިރާތަކަށް ވާދަކުރައްވާ ކެންޑިޑޭޓުން ބައިވެރިވެފައެއް ނުވެއެވެ. 

ދެކުނުގެ ބައެއް ދާއިރާތަކުގެ ރަށްރަށަށް އެމްޑީޕީގެ އިސް ލީޑަޝިޕުން ކެމްޕެއިން މަސައްކަތަށް ދެ ފަހަރު ވަޑައިގެންނެވިއިރު، އުތުރުގެ ބައެއް ދާއިރާތަކަށް އެމްޑީޕީގެ އިސް ވަފުދެއް ވަޑައިނުގަތުމުގެ ޝަކުވާ އެމްޑީޕީގެ ބައެއް ކެންޑިޑޭޓުންގެ ފަރާތުން އަދި އެ ޕާޓީއަށް ތާއީދުކުރާ ބައެއް މެމްބަރުންގެ ފަރާތުން ވަނީ ކޮށްފަ އެވެ.

މާދަމާ އޮންނަ މަޖިލީސް އިންތިހާބުގައި އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރަނީ ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީގެ ޓިކެޓުގައެވެ. އެ ޕާޓީން ޖުމުލަ 90 ދާއިރާއަށް ވާދަކުރައްވާއިރު، އެމްޑީޕީގެ ޓިކެޓުގައި ކެންޑިޑޭޓުން ވާދަކުރައްވަނީ 89 ދާއިރާއަކަށެވެ.

ޖުމުލަ 368 ކެންޑިޑޭޓުން ވާދަކުރާ މަޖިލީސް އިންތިޚާބުގައި 93 ދާއިރާއަކަށް މެންބަރުން އިންތިހާބުކުރާނެ އެވެ.

މާދަމާ ވޯޓްލުން އޮތީ ހެނދުނު 8:00 އިން ހަވީރު 5:30 އަށެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު