ރައީސް މުއިއްޒު ވޯޓުލައްވައިފި
މަރިޔަމް އަނާ
21 އޭޕްރީލް 2024 - 09:19
0 comments
ފޮޓޯ: ޔާމިން މުހައްމަދު / މިރާ
މަޖިލިސް އިންތިހާބުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވޯޓުލައްވައިފި އެވެ.އެ މަނިކުފާނު ވޯޓުލައްވާފައިވަނީ ދެންމެގެ ވަގުތެއްގައި ތާޖުއްދީން ސްކޫލުގައި ހުންނަ ފޮއްޓަށެވެ.ވޯޓުލެއްވުމަށް ފަހު އެ ސަރަހައްދުގައި ތިބި ނޫސްވެރިންނާ ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވަނީ ހުރިހާ އެންމެން ވެސް ހެނދުނު ހެނދުނާ ވޯޓުލާން އެދިވަޑައިގެންފައި އެވެ.މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު 284,663 މީހަކަށް ލިބެއެވެ. ރާއްޖެއާއި ރާއްޖެއިން ބޭރުގެ ބައެއް ގައުމުތައް ހިމެނޭގޮތަށް މި އިންތިޚާބުގައި ޖުމުލަ 602 ވޯޓު ފޮށި ބަހައްޓާފައިވެއެވެ.އީސީން މީގެ ކުރިން ބުނެފައިވާ ގޮތުގައި މިއަދުގެ މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކުރި ނަމަވެސް ވޯޓުލާ ވަގުތު މިހާރު ކަނޑައެޅިފައިވާ ވަގުތަށްވުރެ އިތުރެއް ނުކުރާނެއެވެ.މި އިންތިހާބުގައި ޖުމުލަ 368 ކެންޑިޑޭޓުން ވާދަކުރާއިރު، އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރަނީ އިދިކޮޅު އެމްޑީޕީންނެވެ. ދެވަނައަށް އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރަނީ ވެރިކަން ކުރާ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުންނެވެ.
ކިޔުންތެރިންގެ ޝުއޫރު