ޚަބަރު
ފޮށިތައް ބަންދުކޮށް، ގުނަން ފަށައިފި
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ބައެއް މަރުކަޒުތަކުގައި ވޯޓް ގުނަން ފަށައިފި އެވެ.

މަޖިލިސް އިންތިހާބުގެ ވޯޓްލުން ކުރިއަށް ގެންގޮސްފައިވަނީ މިއަދު ހެނދުނު 8:00 އިން ހަވީރު 5:30 އަށެވެ. 5:30 ވީއިރު ކިޔުގައި މީހުން ނެތް ވޯޓު ފޮށިތައް ބަންދުކޮށްފައިވާއިރު 5:30 ގެ ކުރިން ކިޔުގައި ތިބި މީހުންނަށް ވޯޓުލުމުގެ ފުރުސަތު ވަނީ ދީފަ އެވެ.

މި އިންތިހާބުގައި 284،663 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބޭއިރު އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެންމެފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން ހަވީރު 5:00 އާ ހަމައަށް ވޯޓުލީ 207،693 މީހުންނެވެ.

ބައެއް މަރުކަޒުތަކުގައި ވޯޓު ގުނުމުގެ ކަންކަން މިހާރު ވަނީ ފަށާފައި އެވެ. ބެލޭވެ ގޮތުގައި މާ ގިނައިރުތަކެއް ނުވެ ނަތީޖާތައް ލިބެން ފަށާނެ އެވެ. މިހާރު ގިނަ ތަންތަނުގެ ވޯޓުފޮށިތައް ވަނީ ބަންދުކޮށްފައި އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
100%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު