ޚަބަރު
ދެން ތިބޭނީ ސަރުކާރު ޖަވާބުދާރީ ކުރުވާ ޕާޓީއެއްގެ ގޮތުގައި: އެމްޑީޕީ
ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތުގައި އެމްޑީޕީގެ މެންބަރުން ފަސްނުޖެހި ކުރިއަށްދާނެކަމަށް އެ ޕާޓީން ބުނެފި އެވެ.

އިއްޔެގެ އިންތިހާބުގައި ސުޕަ މެޖޯރިޓީއަކާ އެކު ބޮޑު ކާމިޔާބީއެއް ހޯދީ ސަރުކާރު ހިންގާ ޕާޓީ ޕީއެންސީ އެވެ. މިހާރު ހިނގަމުން އަންނަ މަޖިލިހުގައި މިހާރު މެޖޯރިޓީ ޕާޓީއެއްގެ ގޮތުގައި އޮތް އެމްޑީޕީ އަށް އިއްޔެ ހޯދުނީ ވަގުތީ ނަތީޖާ ދައްކާ ގޮތުން 20 ވަނަ މަޖިލިހުގެ އެންމެ 12 ގޮނޑި އެވެ. ޕީއެންސީން 71 ގޮނޑި ނެގި އެވެ.

އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ، މަޖިލިސް އިންތިހާބު ކާމިޔާބުކުރި ކެންޑިޑޭޓުންނަށް މަރުހަބާ ކިޔާ ކަމަށާއި އެއީ ޑިމޮކްރަސީގެ ހަމަތައް ނަގަހައްޓައި ރައްޔިތުންގެ ހެވާއި ލާބަ އަށް މަސައްކަތްކުރާ ބަޔަކަށް ވާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.

ދިވެހިރާއްޖޭގައި ޑިމޮކްރެޓިކް ހަމަތައް ނެގެހެއްޓުމަށާއި ސަރުކާރު ޖަވާބުދާރީކޮށް ދިވެހިރައްޔިތުންގެ ހައްޤުތައް ރައްކާތެރިކުރުމަށް ވަކާލާތުކުރާ ޕާޓީއެއްގެ ގޮތުގައި އެޕާޓީން އަބަދުވެސް ދެމިއޮންނާނެކަމުގެ ޔަޤީންކަން ދޭކަމަށްވެސް އެމްޑީޕީން ބުންޏެވެ.

"ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އެންމެ ބޮޑު އެއް ޒިންމާއަކީ ސަރުކާރު ޖަވާބުދާރީ ކުރުން ކަމުގައި ވާއިރު, މިއަދުގެ އިންތިހާބު ކާމިޔާބުކުރެއްވި ހުރިހާ ކެންޑިޑޭޓުން ވެސް އެ މަސައްކަތް އެއްވެސް ފަސްޖެހުމެއް ނެތި ކުރައްވަމުން ގެންދަވާނެ ކަމުގައި މި ޕާޓީން ޔަގީން ކުރަމެވެ،" އެ ބަޔާނުގައި ބުންޏެވެ.

20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި އަހަރުތަކެއްވަންދެން އެމްޑީޕީން ދިފާޢުކުރަމުން އައި ގިނަ ދާއިރާތަކުގެ ގޮނޑި އެމްޑީޕީއަށް ވަނީ ގެއްލިފައެވެ. އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން އެމްޑިޕީން ކާމިޔާބުކޮށްފައިވަނީ މަޖިލީހުގެ 12 ގޮނޑިއެވެ.
 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު