ޚަބަރު
ރަސްމީ ދަތުރުފުޅެއްގައި ވަޒީރު މޫސާ ޒަމީރް ސައުދީގައި
ފޮރިން މިނިސްޓަރު މޫސާ ޒަމީރު ރަސްމީ ދަތުރުފުޅެއްގައި ސައުދީ އަރަބިއްޔާއަށް ވަޑައިގެންފި އެވެ.

މިނިސްޓަރު އިއްޔެ ސައުދީ އަށް ވަޑައިގެންނެވީ އެ ގައުމުގައި ބާއްވާ ސްޕެޝަލް މީޓިން އޮން ކޮލޮބޮރޭޝަން، ގްރޯތު އެންޑް އެނާޖީ ފޯ ޑިވެލޮޕްމަންޓުގައި ބައިވެރިވެ ވަޑައިގަތުމަށެވެ. އެ ކޮންފަރެންސަކީ ސައުދީ އާއި ވޯލްޑް އިކޮނޮމިކް ފޯރަމް ގުޅިގެން ބާއްވާ ކޮންފަރެންސެކެވެ.

މި ކޮންފަރެންސްގައި ދުނިޔެއަށް ދިމާވަމުންދާ ގޮންޖެހުންތަކާ ގުޅޭ ގޮތުން އެކި ގައުމުތަކުން 700 އަށް ވުރެ ގިނަ އޮފިޝަލުން ބައިވެރިވާނެ އެވެ.

ޒަމީރުގެ ދަތުރުގައި އެކި ގައުމުތަކުގެ ވެރިންނާއި އެހެން ބައެއް އިސްވެރިންނާ ވެސް މަޝްވަރާ ކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު