ޚަބަރު
ކުރިއަށް އޮތް ދިރާސީ އަހަރުގެ ބޮޑު ޗުއްޓީ ރޯދަ އަށް
އަންނަ މަހު 26 ގައި ފަށާ 2024ގެ ދިރާސީ އާ އަހަރުގެ ކިޔެވުން އަންނަ އަހަރު މާޗުގައި ނިމޭ ގޮތަށް އަދި ބޮޑު ޗުއްޓީ ރޯދަ މަހާ ދިމާވާ ގޮތަށް ދިރާސީ އަހަރުގެ ކަލަންޑަރު ހަދައިފި އެވެ.

2024/2025 ގެ ދިރާސީ އާ އަހަރުގެ ކަލަންޑަރުގައިވާ މީގެ ކުރިން ގޮތުން މެއި 26ގައި ފަށާއިރު 2025 ވަނަ އަހަރުގެ ފެބްރުއަރީ 20 ގައި އެ އަހަރުގެ ކިޔެވުން ނިމޭނެއެވެ. އަދި 2025 ގެ ދިރާސީ އާ އާހަރު އެ އަހަރުގެ މާޗު 9 ގައި ފަށާއިރު ޑިސެމްބަރު 18ގެ ނިޔަލަށް ކިޔެވުން ކުރިއަށް ދާނެއެވެ. އަދި އެ އަހަރު ޑިސެމްބަރު މަހު ބޮޑު ޗުއްޓީ ލިބޭނެއެވެ.

ތައުލީމީ ވުޒާރާއިން މިއަދު ސްކޫލްތަކަށް ފޮނުވި އާ ކަލަންޑަރުގައިވާގޮތުން ބޮޑު ޗުއްޓިއަށް ފަހު 2024 ގެ ސްކޫލް ކިޔެވުން ފެށޭނީ މެއި 26 ވަނަ ދުވަހެެވެ. އަދި ފުރަތަމަ ޓާމް ނިމޭނީ ސެޕްޓެމްބަރު 28 ވަނަ ދުވަހެވެ. އަދި ދެވަނަ ޓާމް އޮކްޓޯބަރު މަހުގެ ހަ ވަނަ ދުވަހު ފެށޭއިރު، އެ އަހަރުގެ ކިޔެވުން ނިމޭނީ މާރިޗް 6ގައި ކަމަށް ބުނެފައި ވެއެވެ.

އައި ބަދަލާއެކު 2025 ވަނަ އަހަރުގެ ކިޔެވުން ފެށޭނީ އޭޕްރިލް ހަ ވަނަ ދުވަހެވެ.

އަންނަ އަހަރުގެ ރަމަޟާން މަސް ފެށޭ ދުވަސް ކަމަށް ކަލަންޑަރުގައި އޮތީ ފެބްރުއަރީ 28 އެވެ. އަންނަ އަހަރުގެ ވެސް ރޯދަ މަހުގެ ފަހު 10 ބަންދުވާ ގޮތަށް އޮތް އިރު ދަރިވަރުންނަށް ބޮޑު ޗުއްޓީ ދީފައި ވަނީ ވެސް އެ ދުވަސްތައް ބޮޑު ޗުއްޓީއަށް ވަންނަ ގޮތަށެވެ. އެއީ މާޗް 21 އިން އޭޕްރީލް 2 އަށެވެ.

ދިރާސީ އާ އަހަރު ފެށުން، ކުރިން އޮތް ގޮތަށް 2026 ވަނަ އަހަރުން ފެށިގެން ޖެނުއަރީއަށް ބަދަލު ކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. އަދި އަންނަ އަހަރު ޑިސެމްބަރުގައި ކުރިއެކޭ އެއްގޮތަށް ޑިސެމްބަރު މަހު ސްކޫލްތަކުގެ ބޮޑު ޗުއްޓީ ލިބޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

ސަރުކާރުން ނިންމާފައިވާގޮތުން ދިރާސީ އާ އަހަރުގެ ކިޔެވުން 2026 ވަނަ އަހަރުން ފެށިގެން ޖެނުއަރީ މަހު ފަށާއިރު، އަންނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ބޮޑު ޗުއްޓީ ޑިސެމްބަރުގައި ދިނުމަށް ސަރުކާރުން މިހާރު ވަނީ ނިންމާފައެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
100%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު