ޚަބަރު
ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލައި, މީހަކު ގެއްލިއްޖެ
ބަންޑުން ޖަހައިލި ލޭންޑިން ކްރާފްޓް -- ފޮޓޯ/އެމްއެންޑީއެފް
ރ. ކުޑަކުރަތު ރިސޯޓުން ފުރައިގެން މާލެއަށް ދަތުރުކުރި "ލިއޯ ޕާލް" ލޭންޑިން ކްރާފްޓު ބަންޑުން ޖަހާލައި އޭގެން ދަތުރުކުރަމުންދިޔަ މީހަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

އެމްއެންޑީއެފުން ބުނީ ބަންޑުން ޖަހައިލީ ރ. ކުޑަކުރަތު ރިސޯޓުން ފުރައިގެން މާލެއަށް ދަތުރުކުރި "ލިއޯ ޕާލް" ނަމަކަށް ކިޔާ ލޭންޑިން ކްރާފްޓެއް ކަމަށެވެ.

އެ ލޭންޑިން ކްރާފްޓު ބަންޑުން ޖަހައިލައި އޭގެން ދަތުރުކުރި ފަސް މީހުންގެ ތެރެއިން އެކަކު ގެއްލިގެން އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކެންޑް ސްކޮޑްރަން އިން ހަރަކާތްތެރިވާން ފަށައިފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

އެމްއެންޑީއެފުން ބުނީ މި ލޭންޑިން ކްރާފްޓުން ދަތުރުކުރި ފަސް މީހުންގެ ތެރެއިން ހަތަރު މީހުން ކަނޑުވެފައި ވަނިކޮށް ރޭ ފަތިހު ވަނީ ސީއެމްބިއުލޭންސް އަކަށް ނަގާފައި ކަމަށެވެ.

އެއާއެކު ގެއްލުނު ބިދޭސީ މީހާ ހޯދުމުގެ މަސައްކަތުގައި ފާސްޓް އިންޓަސެޕްޓާ ކްރާފްޓް ހަކުރާ ދަނީ ހަރަކާތްތެރިވަމުން އަންނަކަމަށް ވެސް ބުންޏެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު