ޚަބަރު
ފިނޭންސްގެ އެޑްވައިޒަރަކަށް ހުންނެވި ނަސީރު ފޮރިން މިނިސްޓްރީ އަށް ބަދަލުކޮށްފި
އަހުމަދު ނަސީރު - ފޮޓޯ: ރައީސް އޮފީސް
މިނިސްޓަރުގެ ފެންވަރުގައި ފިނޭންސް މިނިސްޓްރީގެ އެޑްވައިޒަރަކަށް ހުންނެވި އަހުމަދު ނަސީރު ފޮރިން މިނިސްޓްރީ އަށް ބަދަލުކޮށްފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނަސީރު ފޮރިން މިނިސްޓްރީއަށް ބަދަލުކޮށްފައިވަނީ މިދިޔަ ހަފުތާގަ އެވެ. ސަރުކާރުގެ އޮފިޝަލަކު ކަށަވަރުކޮށްދީފައިވާ ގޮތުގައި ނަސީރު ދެން މަސައްކަތް ކުރައްވާނީ އެމްބެސެޑާ އެޓް ލާޖުގެ ގޮތުގަ އެވެ.

ސަރުކާރުގެ މާލީ ކަންކަމުގެ ދުވެލި އަވަސްކުރުމަށް ކަމަށް ބުނެ ނަސީރުގެ އިތުރުން ކުރީގެ ފޮރިން މިނިސްޓަރު އަހުމަދު މުނައްވަރު މާލީ ވުޒާރާގެ އެޑްވައިޒަރުންގެ ގޮތުގައި އައްޔަންކުރީ މިދިޔަ ޑިސެމްބަރު މަހުގެ 12 ގަ އެވެ.

ނަސީރުގެ އިތުރުން ފިނޭންސް މިނިސްޓްރީގައި މިނިސްޓަރުގެ ފެންވަރުގައި އެހެން ބޭފުޅަކު ވެސް ހުންނަވަ އެވެ. އެއީ ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު