ޚަބަރު
ފަސްނުޖެހި އިންވެސްޓްކުރުމަށް މިނިސްޓަރު ސައީދު ގޮވާލައްވައިފި
ވާލްޑް އިކޮނޮމިކް ފޯރަމްގެ ބައްދަލުވުމުގައި މިނިސްޓަރު ސައީދު ވާހަކަ ދައްކަވަނީ. --
ރާއްޖެ ފަދަ ގުދުރަތީ ގޮތުން ނާޒުކު ގައުމަކަށް ދެމެހެއްޓެނެވި ތަރައްގީއަކީ، ޒަމާނީ ފިކުރާއި ޓެކްނޮލޮޖީ އަދި ފައިސާ ކަމަށާއި އެހެންވެ ފަސްނުޖެހި ރާއްޖޭގައި އިންވެސްޓުކުރަން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ދުނިޔެއަށް ގޮވާލައްވައިފި އެވެ.

ސައުދީ އަރަބިއްޔާގައި ކުރިއަށްދާ ވޯލްޑް އިކޮނޮމިކް ފޯރަމްގައި އިއްޔެ ވާހަކަ ދައްކަވަމުން މިނިސްޓަރު ސައީދު އިއްޔެ ވަނީ ރާއްޖޭގެ ތަރައްގީއަށް އިންވެސްޓްމަންޓް މުހިންމު ކަމަށް ވިދާޅުވެފަ އެވެ.

އެ ގޮތުން ރާއްޖެ ތަރައްގީކުރާނެ ފިކުރާއި އެކަމަށް ބޭނުންވާނެ ފައިސާ އަދި ޓެކްނޮލޮޖީ ހުރެ އެކަން ކުރެވޭނެ ގާބިލު އިންވެސްޓަރުން ފަސްނުޖެހި އިންވެސްޓްކުރުމަށް ސައީދު އެދިވަޑައިގެންނެވި  އެވެ.

ސައީދު "އެކްސް"ގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުގެ އަމާޒަކީ އިއާދަކުރަނިވި ހަކަތައާ ގުޅުން ހުރި އަމާޒުތައް ހާސިލްކުރުން ކަމަށާއި އެއީ އިގްތިސާދަށް ހެޔޮ އަސަރުތަކެއް ކުރާނެ ކަމެއް ކަމަށެވެ.

މިނިސްޓަރު ސައީދު އިތުރަށް ވިދާޅުވީ ރައީސްގެ ތަރައްގީގެ އެޖެންޑާއަށް ތަރުހީބު ބޮޑުވަމުން އަންނަ ކަމަށް ފާހަގަކުރެވޭކަމަށެވެ.

މިދިޔަ ހަފުތާގެ އާދިއްތައިގައި ބޭއްވި މަޖިލިސް އިންތިޚާބުގެ ނަތީޖާއިން ދައްކާ ގޮތުގައި ސަރުކާރު ހިންގާ ޕީއެންސީން ވަނީ 66 ގޮނޑި ކާމިޔާބުކޮށް މަޖިލީހުގެ މެޖޯރިޓީ ހޯދައިފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު