ޚަބަރު
ފިލައިގެން މާލެ އައި ކުޑަކުއްޖާ އާއިލާއާ ހަވާލުކޮށްފި
ކުޑަކުއްޖާ މާލެ ދާން ވަގަށް ނަގައިގެން ދަތުރުކުރި ލޯންޗު --
ސިނަމަން ވެލި ފުށި ރިސޯޓްގެ ލޯންޗެއް ވަގަށް ނަގައިގެން އެކަނި ދުއްވާފައި މާލެއައި 14 އަހަރުގެ ފިރިހެން ކުއްޖާ ހޯދައި، އާއިލާއާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

މ. ދިއްގަރުގައި އޮތް ލޯންޗެއް ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. ފުލުހުން ބުނެފައިވަނީ އެ ލޯންޗް ހުޅުމާލެ އެމްޓީސީސީ ފެރީ ޓާމިނަލް ކައިރިން ފަޅުގައި އޮށްވާ ފެނިފައިވާ ކަމަށެވެ.

ފުލުހުން މިއަދު ބުނެފައިވަނީ ލޯންޗްގައި މާލެ އައިސްފައިވަނީ 14 އަހަރުގެ ފިރިހެން ކުއްޖެއް ކަމަށެވެ. އެ ކުއްޖާ މިހާރު އާއިލާއާ ހަވާލު ކޮށްފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.

މީގެއިތުރުން އިއްޔެގެ ވަގުތެއްގައި ހުޅުމާލެ ފޭސް2 އިން 13 އަހަރުގެ އަންހެން ކުއްޖެއްވެސް ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށް އެ އިދާރާއިން މައުލޫމާތުދެއެވެ. ފުލުހުން ބުނެފައިވަނީ އެ ކުއްޖާ ވެސް ފެނިފައިވާ ކަމަށާއި އެ ކުއްޖާގެ ހާލުވެސް ރަނގަޅު ކަމަށެވެ.

މި މައްސަލައާ ގުޅިގެން އިއްޔެ ފުލުހުން ބުނީ، މ. އަތޮޅުން ލޯންޗެއް ގެއްލިގެން މިއަދުގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެ ލޯންޗު ހުޅުމާލޭ، އެމްޓީސީސީ ފެރީ ޓާމިނަލް ކައިރީ ފަޅުގައި އޮއްވައި މިހާރު ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
100%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު