ޚަބަރު
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި 61 އަހަރުގެ މީހަކު ހައްޔަރުކޮށްފި
ދެކުނުގެ އަތޮޅެއްގައި ހިމެނޭރަށެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި 61 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފި އެވެ.

ރަށެއްގައި 12 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުންނަށް ހުށަހެޅީ މިދިޔަ އާދިއްތަ ދުވަހު އެވެ.

ފުލުހުން މިއަދު ބުނީ އެ މައްސަލާގައި އެ މީހާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން އިއްޔެ ކަމަށެވެ. އޭނާ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން ތަހުގީގު މަރުހަލާ ނިމެންދެން ބަންދު ކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މައްސަލައާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ނުދެ އެވެ.

އެ މައްސަލަ ފެންމަތިވި ރަށުގައި އާންމުންގެ ބަޔަކު އެ ރަށު ޕޮލިސް ސްޓޭޝަން ކައިރިއަށް އެއްވެ، ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުވާ މީހާހައްޔަރު ކުރަން ގޮވާލައި ވަނީ އިހުތިޖާޖު ވެސް ކޮށްފަ އެވެ.

ފުލުހުން ވިދާޅުވީ ކުޑަކުދިންނާ ގުޅުންހުރި މިފަދަ މައްސަލަތައް ބަލަމުންދަނީ ސީރިއަސް މައްސަލަތަކުގެ ގޮތުގައި ކަމަށެވެ. ކުޑަކުދިންގެ މައްސަލަތަކުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ކުއްޖާގެ ރައްކާތެރިކަމަށް ވަނަވަރު ހާމައެއް ނުކުރެއެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު