ޚަބަރު
ރައީސްގެ ދެކަނބަލުން ރާއްޖެ ވަޑައިގެންފި
ރައީސް މުއިއްޒުގެ ދެކަނބަލުން -- ފޮޓޯ: ރައީސް އޮފީސް
ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އަނބިކަނބަލުން ސާޖިދާ މުހައްމަދު ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރަށް ފަހު ރޭ މާލެ ވަޑައިގެންފި އެވެ.

މިއީ ނުރަސްމީ ދަތުރުފުޅަކަށްވާތީ ރައީސް މުއިއްޒުގެ މި ދަތުރުފުޅުގެ އެއްވެސް ތަފްސީލެއް ރައީސް އޮފީހުން ހާމައެއް ނުކުރެ އެވެ.

ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ފުރާވަޑައިގެންނެވީ މިދިޔަ އޭޕްރީލް މަހުގެ 30 ވަނަ ދުވަހުގެ ރެ އެވެ.

ރައީސްގެ ދެކަނބަލުން މިދިޔަ މާޗު މަހުގެ ތެރޭގައި ވެސް ނުރަސްމީ ދަތުރެއްގައި ސިންގަޕޫރަށް ވަޑައިގެންނެވި އެވެ.

ރައީސްގެ ވެރިކަމުގެ ފުރަތަމަ ހަތަރު މަހުގެ ތެރޭގައި އެމަނިކުފާނު ވަނީ ތުރުކީ، އެކުވެރި އަރަބި އިމާރާތް، އަދި ޗައިނާއަށް ރަސްމީ ދަތުރުތަކެއް ކުރައްވާފަ އެވެ. އެކުވެރި އަރަބި އިމާރާތައް ރައީސް ދެ ފަހަރެއްގެ މަތިން ވަޑައިގަތެވެ.

މީގެތެރެއިން ތުރުކީ އަދި ޗައިނާ ދަތުރުގައި އަނބިކަނބަލުންވެސް ބައިވެރިވެވަޑައިގަތެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު