ޚަބަރު
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތެރޭގައި މާރާމާރީ ހިންގި ބިދޭސީއަކު ހައްޔަރުކޮށްފި
ރާއްޖޭގެ މައި އެއާޕޯޓް ކަމަށްވާ ވެލާނާ އިންޓަނޭޝަލަން އެއާޕޯޓް (ވީއައިއޭ) ގައި މާރާމާރީ ހިންގި ބިދޭސީއަކު މިއަދު ހައްޔަރުކޮށްފި އެވެ.

ފުލުސް އޮފީހުން މިއަދު ބުނިގޮތުގައި އެ މާރާމާރީ ހިންގާފައިވަނީ މިއަދު ހެނދުނެވެ. އެ މަންޒަރު ފެންނަ ވީޑިއޯ ސޯޝަލް މީޑިއާގައި އާއްމުވެފައިވާއިރު އެއިން ފެންނަ ގޮތުގައި، އިންޓަނޭޝަނަލް ޓާމިނަލްގެ ޗެކިން ކައުންޓަރު ކައިރީގައި ބިދޭސީ މީހާ މާރާމާރީ ހިންގަނީ އެއާޕޯޓުގެ މުވައްޒަފުންތަކަކާ އެވެ. 

ނަމަވެސް މި މާރާމާރީ ހިނގަން ދިމާވި ސަބަބާއި ހައްޔަރުކުރި މީހާ އަކީ ކޮން ގައުމެއްގެ މީހެއް ކަމެއް ނޭނގެ އެވެ. އެކަމާ ގުޅޭ އިތުރު ތަފުސީލެއް އެމްއޭސީއެލާއި ފުލުހުން ވެސް ނުދެ އެވެ.

މި ހާދިސާ ހިނގި ތަނުގައި ގިނަ ބަޔަކު ހަރަކާތްތެރިވަމުން ދިޔަ ތަން ވެސް ވީޑިއޯ އިން ފެނެ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
100%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު