ޚަބަރު
ރަސްމީ ދަތުރުފުޅެއްގައި މިނިސްޓަރު ޒަމީރު މާދާމާ އިންޑިއާއަށް
ރަސްމީ ދަތުރުފުޅެއްގައި ޚާރިޖީ ވަޒީރު މޫސާ ޒަމީރު އިންޑިއާއަށް ވަޑައިގަތުމަށް ނިންމަވައިފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ މި ދަތުރުފުޅުގައި މިނިސްޓަރު އެނބުރި ރާއްޖެއަށް ވަޑައިގަންނަވާނީ އަންނަ ހުކުރު ދުވަހު ކަމަށެވެ.

މި ދަތުރުފުޅުގައި މިނިސްޓަރު ޒަމީރު އިންޑިއާގެ މިނިސްޓަރު އޮފް އެކްސްޓާނަލް އެފެއާޒްގެ. ޑރ ޖައިޝަންކަރާ ބައްދަލުކުރެއްވުމަށް ނިންމާފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި އެ ބައްދަލުވުމުގައި އިންޑިއާއާ ރާއްޖެއާ ދެމެދު އޮތް ޒާމާންވީ ގުޅުން އިތުރަށް ހަރުދަނީ ކުރުމާ ގުޅެގޮތުން މަޝްވަރާކުރައްވާނެކަމަށެވެ. 

އެ ބައްދަލުކުރެއްވުމުގައި، ރާއްޖެއާއި އިންޑިއާއާ ދެމެދު ޒަމާނުއްސުރެ އޮތް ޕާޓްނަޝިޕް ފުޅާކުރުމުގެ މަޝްވަރާތައް ބާއްވާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މިއީ ރަސްމީ ދަތުރުފުޅެއްގައި މިނިސްޓަރު ޒަމީރު އިންޑިއާއަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު