ޚަބަރު
އޭދަފުށީގައި 1000 ހައުސިން ޔުނިޓު އަޅަން ހަވާލުކޮށްފި
ބ. އޭދަފުށީގައި 1000 ހައުސިން ޔުނިޓު އެޅުމުގެ އެމްއޯޔޫއެއްގައި މިއަދު ޗައިނާ ކުންފުންޏަކާއެކު ސަރުކާރުން ސޮއިކޮށްފި އެވެ.

ހައުސިން ޔުނިޓު އަޅަން ހަވާލު ކުރަނީ ޗައިނާގެ ސިނޯހައިޑްރޯ ކޯޕަރޭޝަން ލިމިޓެޑާ އެވެ. މި އެއްބަސްވުމާ ގުޅޭ އިތުރު ތަފްސީލެއް ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ.

އޭދަފުށީގައި 1000 ހައުސިން ޔުނިޓުގެ މަޝްރޫއެއް ފެށުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. އެ މަޝްރޫއާއެކު އޭދަފުށީގައި ދިމާވެފައިވާ ގެދޮރުގެ ދަތިކަމަށް ބޮޑު ހައްލެއް ލިބޭނެކަމަށް ކަމަށް ރައީސް މީގެކުރިން ވަނީ ވިދާޅުވެފަ އެވެ.

"މި ރަށުގެ ރައްޔިތުން ބޭނުންވާ ހައުސިން ޔުނިޓުތައް، ފްލެޓް އަޅައިދޭ ހައުސިން ޔުނިޓުގެ ބޮޑު މަޝްރޫއެއް އިރާދަކުރެއްވިއްޔާ ތިޔަ ބޭފުޅުންނަށް ހިންގައިދޭނަން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ މި މުޅި ގައުމީ ހައުސިން ޕޮލިސީގެ ތެރެއިން މުހިންމު ކަމެއް ދެވޭ އެންމެ ގިނަ ހައުސިން ޔުނިޓު އެޅޭ އެއް ރަށް ކަމުގައި މި ރަށް ހަމަޖެހިގެންދާނެ،" ރައީސް ވިދާޅުވެފައިވެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު