ޚަބަރު
ތެލަސީމިއާ ހުރި ކޮންމެ ކުއްޖަކާމެދު ހިތްތަކުގައި ވަނީ ލޯތްބާ އޯގާތެރިކަން: ރައީސް
ތެލެސީމިއާ ކުދީންގެ ފުރިހަމަ ދުޅަހެޔޮ ކަމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، މިއަދު ފާހަގަކުރާ ދުނިޔޭގެ ތެލަސީމިއާ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. ރައީސްގެ ޕޯސްޓުގައި ސަރުކާރުން އެކުދީންގެ ފުރިހަމަ ދުޅަހެޔޮކަމަށްޓަކާ މަސައްކަތްކުރަމުންދާކަމަށެވެ.

އަންނަ އަހަރުން ފެށިގެން ތެލަސީމިއާ ކުދިންނަށް ސަރުކާރުން އިނާޔަތެއް ދިނުމަށް ވަނީ ނިންމާފަ އެވެ. އެގޮތުން އަންނަ އަހަރުގެ ބަޖެޓުގައި އެކަން ހިމަނުއްވާނެ ކަމަށް ރައީސް މީގެކުރިން ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް ދެއްވާފައެއް ނުވެ އެވެ.

މި ސަރުކާރުން ވަނީ ފަސް އަހަރުގެ ތެރޭގައި ތެލަސީމިއާ ބަލީގެ 50 ކުއްޖަކަށް ބޯންމެރޯޓްރާންސްޕްލާންޓް ހަދައިދޭން ވެސް ނިންމައިފަ އެވެ. އެއީ އަހަރަކު 10 ކުދިންނަށެވެ. އަދި އެކަމަށް ޒަކާތު ފަންޑުން އެހީވާނެ އެވެ. މީގެ އިތުރުން ތެލަސީމިއާ އަށް ހާއްސަ ހޮސްޕިޓަލެއް ހުޅުމާލޭގައި ހަދަން ވެސް ވަނީ ނިންމައިފަ އެވެ.

މޯލްޑިވިއަން ބްލަޑް ސާވިސަސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ރާއްޖޭގައި 659 ތެލެސީމިއާ ޕޭޝަންޓުން އުޅެއެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު