
މި ހާދިސާގައި ވެއްޓިފައިވަނީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެެނެކެވެ.ފުލުހުން ބުނީ މި ހާދިސާގައި ވެއްޓުނު މީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ.އެ މީހާ ވެއްޓުނީ އަމާން އުދަރެސްގެ 8 ވަނަ ޓަވަރުންނެވެ.އޭނާ ވެއްޓިފައިވާ ކަމަށް ބެލެވެނީ ޓަވަރުގެ 15 ވަނަ ފަންގިފިލާ އިން ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.