
އެސްއެމްއީ ޑިޖިޓަލުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނި ގޮތުގައި، މި ފިޔަވަޅަކީ އެ ކުންފުނިން ދޫކޮށްފައިވާ ފެސިލިޓީތަކަށް ގަވާއިދުން ފައިސާ ދެއްކުމަށް ބާރުއެޅުމަށާއި، ކަސްޓަމަރުންގެ އެކައުންޓުތައް ބެލެހެއްޓުމަށް އެހީތެރިވުމުގެ ގޮތުން އަޅާ ފިޔަވަޅެކެވެ.ފައިސާ ނުދެއްކުމުގެ ސަބަބުން ހިދުމަތް މެދުކެނޑިއްޖެ ހާލަތެއްގައި، އެ މަހެއްގައި ދައްކަން ކަނޑައަޅާފައިވާ އަދަދު ދައްކައި ޚަލާސްކުރުމުން އެއް ދުވަސް ތެރޭގައި އަލުން ހިދުމަތް ލިބޭނެއެވެކަސްޓަމަރުންގެ އެއްވެސް އޯވާޑިއުއެއް ވާނަމަ، ފައިސާ ދެއްކުމަށް އެކަށީގެންވާ ވަގުތު ދިނުމަށާއި ހިދުމަތްތައް މެދުކެނޑިދާނެކަން ހަނދާންކޮށްދިނުމުގެ ގޮތުން، ތާވަލުކުރެވިފައިވާ އުސޫލުން އެސްއެމްއީ ޑިޖިޓަލްއިން ކަސްޓަމަރުންނަށް މެސެޖު ފޮނުވަމުން ގެންދާނެ އެވެ.