ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރާއްޖޭގައި ފެނާއި ކަރަންޓް ބިލް 2 މަހަށް "ހިލޭ" ކުރަން ތާއީދެއް ނުލިބުނު
އަލީ ރާޒީ
29 އޭޕްރީލް 2020 - 01:02
0
comments
Tweet
Telegram
ކޮވިޑް-19ގެ ސަބަބުން ވިޔަފާރިތައް ހުއްޓި އެތައް ދިވެހިންނެތްގެ ވަޒީފާވެސް ގެއްލެމުންދާ މި ދަނޑިވަޅުގައި ރާއްޖޭގައި ކަރަންޓާއި ފެން ބިލް ހިލޭ ކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށް ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް މަޖިލީހުގެ އެސްއޯއީ ކޮމެޓީއަށް ހުށަހެޅުމުން އެހުށަހެޅުން ފާސްނުކޮށް، ފެއިލް ކޮށްލައިފިއެވެ.
މިރޭ އޮތް އެސްއޯއީ ކޮމެޓީގެ ބައްދަލުވުމުގައި އިދިކޮޅު ޕާޓީ ޕީޕީއެމްގައި މަސައްކަތް ކުރައްވާ ޝިޔާމު ހުށަހެޅުއްވީ ލޮކްޑައުންގެ ސަބަބުން ރައްޔިތުން އަބަދު ގޭގައި ތިބެން ޖެހުމުގެ ސަބަބުން، ކަރަންޓު އަދި ފެން ބޭނުންކުރާ މިންވަރު އިތުރުވާނެތީ ސަރުކާރުން މިހާރު ނިންމާފައި އޮތް ގޮތަށް ކަރަންޓު ބިލުން 40 އިންސައްތަ އަދި ފެންބިލުން 30 އިންސައްތަ އުނިކުރިއަސް ރައްޔިތުންގެ ޖީބަށް ލުޔެއް ނުލިބޭނެތީ މާޗު އަދި އޭޕްރިލް މަހުގެ ބިލްތައް "ހިލޭ" ކުރުމަށެވެ.
އެހުށަހެޅުމަށް ތާއިދު ކުރެއްވީ އިސްދޫ ދާއިރާގެ މެންބަރު އަލީ ހަމީދު އެވެ. ޝިޔާމްގެ ހުށަހެޅުމަށް ވޯޓަށް އެހުމުން ވޯޓް ދެއްވީ ހަތަރު މެންބަރުންނެވެ. އެއީ ޝިޔާމްގެ އިތުރުން އެމްޑީޕީގެ ފުވައްމުލަކު މެދު ދާއިރާ މެންބަރު ޙުސައިން މުޙައްމަދުދީދީ، އެމްޑީޕީގެ މެންބަރު މާފަންނު މެދު ދާއިރާ އިބްރާހިމް ރަޝީދު (ބޮންޑޭ) އަދި ފެލިދޫ ދާއިރާގެ މެންބަރު ފަޒުލް ރަޝީދު އެވެ.
ވޯޓަށް އެހި ވަގުތު އަލީ ހަމީދު ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ނެތް ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.
ކަރަންޓް ބިލާއި ފެން ބިލް ހިލޭ ކުރަން ހުށަހެޅި ހުށަހެޅުމާއި ދެކޮޅަށް ވޯޓް ދެއްވީ އެމްޑީޕީއަށް ނިސްބަތްވާ ތޮއްދޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން އެކަންޏެވެ. ދެން ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި އެމްޑީޕީގެ މެންބަރުން ވަކި ކޮޅަކަށް ވޯޓެއް ނުދެއްވައެވެ.
ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީ (އެސްއޯއީ ) ކޮމިޓީގައި މުޅި އެކު ތިއްބަވަނީ ޕީޕީއެމް/ޕީއެންސީގެ 2 މެމްބަރަކާއި، އަމިއްލަ މެމްބަރަކާއި ޖޭޕީގެ މެމްބަރަކާއި އެމްޑީޕީގެ 8 މެމްބަރުންނެވެ. ކޮވިޓީގެ މުގައްރަރަކީ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު އެވެ.
ކޮރޯނާވައިރަހުގެ ބަލިމަޑުކަމާ ގުޅިގެން އާންމު ފަރުދުންގެ މާލީ ހާލަތަށް އަންނާނެ ހީނަރުކަމަށް ބަލައި، ކުރިއަށް އޮތް ދެ މަހުގެ ފެނާއި ކަރަންޓު ބިލުން "ބައެއް" (އޭޕްރިލް އަދި މޭ މަހުގެ ކަރަންޓު ބިލުން 40 ޕަސަންޓު، އަދި ފެން ބިލުން 30 ޕަސަންޓު ހިލޭ) ކޮށްދޭން ސަރުކާރުން މިހާރުވެސް ވަނީ ނިންމައިފަ އެވެ
ކޮރޯނާވައިރަހުގެ ސަބަބުން ވިޔަފާރިތަކަށް ކުރާ އަސަރު ކުޑަކޮށް ވަޒީފާތައް ހިފެހެއްޓުމަށް އިގްތިސާދީ އެހީގެ 2.5 ބިލިއަން ރުފިޔާ ގެ ޕެކޭޖެއް ސަރުކާރުން މިފަހުން ވަނީ އިއުލާންކޮށްފަ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
2 ދުވަސް ކުރިން
0
އައިސީއާރްސީގެ ސަރަހައްދީ ވެރިޔާ، ނައިބް ރައީސްއާ ބައްދަލުކުރައްވައިފި
2 ދުވަސް ކުރިން
0
ރޯދައިގެ ކަރަންޓް ބިލަށް ޑިސްކައުންޓް ދޭން ރައީސް ނިންމަވައިފި
3 ދުވަސް ކުރިން
0
އަންނަ މަހު ވެސް ބިލު ބޮޑުވާނެ ކަމަށް ބެލެވޭ: ސްޓެލްކޯ
6 ދުވަސް ކުރިން
0
އެހެން ގައުމުތަކަށްވެސް މި މަހު ކަރަންޓު، ގޭސް ބިލު ބޮޑު: ފަހުމީ
ކިޔުންތެރިންގެ ޝުއޫރު
25%
75%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ހުޅުމާލެއިން މީޑިއާ ވިލެޖަށް ބިމެއް ކަނޑައަޅައިފި
11 ގަޑިއިރު ކުރިން
0
ޓޫރިސްޓް ދެމަފިރިން ގެނބެމުން ދިޔަ ރިސޯޓް މުވައްޒަފަކު ސަލާމަތްކޮށްފި
11 ގަޑިއިރު ކުރިން
0
އެފްޑީސީން އާ ލޯގޯއެއް ތައާރަފުކޮށްފި
14 ގަޑިއިރު ކުރިން
0
ހަ ބައި އިލެކްޝަނެއްގެ ވޯޓުލުން ފަށައިފި
14 ގަޑިއިރު ކުރިން
0