ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރައީސް ޔާމީން މިނިވަން ކުރުމަށް އެކަކު ހުރި ނަމަ އެމީހަކީ އަޅުގަނޑު: އަދުރޭ
އިސްމާއިލް ރިޒާ
18 ޖުލައި 2020 - 18:46
0
comments
Tweet
Telegram
މި ރާއްޖޭގައި ރައީސް ޔާމީން މިނިވަން ކުރުމަށް އެކަކު ހުރި ނަމަ އެމީހަކީ "އަދުރޭ" ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.
"ސީއެންއެން"އިން ގެނެސްދިން އިތުރުކާފު ޕްރޮގްރާމްގައި މިފަހުން ވާހަކަ ދައްކަވަމުން ކުރީގެ ފޮނަދޫ ދާއިރާގެ މަޖިލިސް މެންބަރުކަން ވެސް ކުރެއްވި އަދުރޭ ވިދާޅުވީ ރައީސް ޔާމީނަށް އިންތިހާބުގައި ވާދަ ނުކުރެވޭނެ ހާލަތެއް ނާންނާނެ ކަމަށާއި އަދި މިހާރު ކޯލިޝަންގެ ލީޑާޝިޕްގެ ބޭފުޅުންގެ ވިސްނުން ހުރީވެސް އެމަނިކުފާނު މިނިވަން ކުރުމަށްކަމަށް އަދުރޭ ވިދާޅުވިއެވެ.
އިދިކޮޅު ލީޑާޝިޕުން ރައީސް ޔާމީން މިނިވަން ކުރުމަށް މާބޮޑު މަސައްކަތެއް ނުކުރާ ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރެއެވެ. އަދި އަދުރޭވެސް ރައީސް ޔާމީން މިނިވަން ކުރުމަށް ބޭނުން ނުވާކަމަށް ވާހަކަ ދެކެވެއެވެ.
އެ ތުހުމަތުތަކާ ގުޅޭ ގޮތުން ސުވާލު ކުރުމުން އަދުރޭ ވިދާޅުވީ، އެއީ ކޯލިޝަން ބައިބައި ކުރުމަށް ސަރުކާރުން ފަތުރާ ދޮގުު ވާހަކަތަކެއް ކަމަށެވެ. އަދި ކޯލިޝަނުން އެންމެ އިސްކަމެއް ދެއްވައިގެން ކުރާ ކަމަކީ، ރައީސް ޔާމީން މިނިވަން ކުރުން ކަމަށް އަދުރޭ ވިދާޅުވިއެވެ.
"ޚުދު ރައީސް ޔާމީން ގަބޫލުފުޅު ކުރައްވާނެ، ރައީސް ޔާމީން މިނިވަން ކުރުމަށް އެންމެ ބޮޑަށް ބޭނުންވާނީ އަޅުގަނޑުކަން. މި ރާއްޖޭގައި ރައީސް ޔާމީން މިނިވަން ކުރުމަށް އެކަކު ހުރި ނަމަ އެމީހަކީ އަޅުގަނޑު،" އަދުރޭ ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ، އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ރައީސް ޔާމީން ނެރެން ތައްޔާރަށް އޮތްއިރު އެމަނިކުފާނު މިނިވަންވާނެ ކަމަށް ބަލައި ޕްލޭން ބީއަށް ވެސް ނުވިސްނާ ކަމަށެވެ.
އަދި ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ނުކުތުމަށް ފުރުސަތު ލިބުން ނަމަވެސް އެކަން ނުކުރާނެ ކަމަށް ވިދާޅުވި އެވެ.
"ވަރަށް ސާފުކޮށް ދަންނަވަން. އަޅުގަނޑު ސިޔާސީ ހަޔާތް ފެށީވެސް ރައީސް ޔާމީންއާއެކު. ނިންމާނީވެސް ރައީސް ޔާމީންއާއެކު. ރައީސް ޔާމީން ދޫކޮށްލާފައި މި ރާއްޖޭގައި އަޅުގަނޑު ދާނެ އެހެން ސިޔާސީ ޕްލެޓް ފޯމެއްވެސް ނެތް،" އަދުރޭ ވިދާޅުވިއެވެ.
ރައީސް ޔާމިން ޖަލަށް ލާފައިވަނީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތެރެއިން އެމަނިކުފާނު އަމިއްލަފުޅު އެކައުންޓަށް އެއް މިލިއަން ޑޮލަރު ވަން މައްސަލައިގައި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ، ފަސް އަހަރަށް ހުކުމުން ކުރުމުންނެވެ. އެ މައްސަލަ މިހާރު އޮތީ، ހައި ކޯޓުގެ އިސްތިއުނާފު މަރުހަލާގައެވެ. އިދިކޮޅުން ބުނާ ގޮތުގައި އެ ހުކުމަކީ، ސަރުކާރުން ކޯޓަށް ނުފޫޒު ފޯރުވައިގެން ކޮށްފައިވާ ސިޔާސީ ހުކުމެކެވެ.
ރައީސް ޔާމީން ޖަލަށްލުމާއެކު ކޯލީޝަނުން ވަނީ އެޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ އެމަނިކުފާނުކަމަށް ނިންމަވާފައެވެ. ނަމަވެސް، އެމަނިކުފާނު މައްޗަށް ކުރި މަނީލޯންޑަރިންގެ ހުކުމް ދެމިއޮތްހާ ހިނދަކު، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ވާދަ ނުކުރެވޭނެއެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
5 ދުވަސް ކުރިން
0
ޔާމީންގެ ވަކީލު ސިޔާޒަށް އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން
6 ދުވަސް ކުރިން
0
ޔާމީނުގެ ރިޔާސަތުގައި ޕީއެންއެފްގެ ފުރަތަމަ ސެނެޓް ބާއްވައިފި
10 ދުވަސް ކުރިން
0
ޗީފް ސްޕޯކްސްޕާސަންކަމުގެ މަގާމަށް ހީނާ
15 ދުވަސް ކުރިން
0
އިންޑިއާ އައުޓް ކެމްޕޭނަށް ނިކުންނާނަން: ޔާމީން
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
މުއިއްޒުގެ ރިޔާސީ ވައުދެއް ފުދެނީ؛ އިންޑިއާ ސިފައިން ހުސްވާން ބާކީ 7 ދުވަސް..!
2 ގަޑިއިރު ކުރިން
0
މާލޭ މަގުމައްޗަށް ކުނިއަޅާ ބިދޭސީއަކު ޑީޕޯޓުކޮށްލަނީ
2 ގަޑިއިރު ކުރިން
0
ނޫސްވެރިކަމަކީ ވަރަށް ތޫނު ހަތިޔާރެއް: ހަލީލު
3 ގަޑިއިރު ކުރިން
0
ބްރޯޑްކޮމް އާއި އެމްއެމްސީ އެއްކޮށްލުމުގެ މަސައްކަތް ސަރުކާރުން ފަށައިފި
4 ގަޑިއިރު ކުރިން
0