ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ހުޅުމާލެއިން މީޑިއާ ވިލެޖަށް ބިމެއް ކަނޑައަޅައިފި
އައިމިނަތު ޝިޔާޒާ
04 މެއި 2024 - 14:40
0
comments
Tweet
Telegram
މީޑިއާތަކަށް ހާއްސަކޮށްގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގަތް ގޮތަށް، ތަރައްގީކުރާ މީޑިއާ ވިލެޖު އަޅާނެ ބިން ކަނޑައަޅައިފި އެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ އަހަރީ ދުވަހާ ގުޅިގެން ދެއްވި އިންޓަވިއުއެއްގައި ނައިބު ރައީސް ވަނީ ނޫސްވެރިންނާއި މީޑިއާތަކުގެ ކުރިއެރުމަށް ހުރި ދަތިތައް އިހުސާސްކުރެއްވޭ ކަމަށް ވިދާޅުވެފަ އެވެ.
ނައިބު ރައީސް ވިދާޅުވީ، މި ސަރުކާރަކީ ނޫސްވެރިންނާ ގާތުން މަސައްކަތް ކުރާނެ ސަރުކާރެއް ކަމަށާއި އިންތިގާލީ މަރުހަލާގައި ރައީސް އިސްނަންގަވައިގެން ނޫސްވެރިންނާ ބައްދަލުކުރައްވައި ކަންބޮޑުވުންތައް އޮޅުންފިލުއްވާފައިވާ ކަމަށެވެ.
ރައީސް ވައުދާ އެއްގޮތަށް ކަނޑައެޅޭ އުސޫލެއްގެ ތެރެއިން ދައުލަތުގެ ބަޖެޓުން ފުރަތަމަ ފަހަރަށް ކޮންމެ މީޑިއާއަކަށް ކޮންމެވެސް މިންވަރެއް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ މިންވަރު ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ވެސް ނައިބު ރައީސް ދެއްވި އެވެ.
މީގެ އިތުރުން ނޫސްވެރިންނަކީ ވަރަށް ބޮޑު ޒިންމާއެއް އަދާކުރައްވާ ބައެއް ކަމަށާއި، ރައްޔިތުންނާއި ސަރުކާރާއި ގުޅުވައިދެނީ ނޫސްވެރިން ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ. އަދި ގައުމަށް ހެޔޮ ބަދަލު ގެނައުމަށްޓަކައި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނީ ރައްޔިތުންނާ ގާތުން މީޑިއާތަކާ ރައްޓެހި ސަރުކާރެއްގެ ގޮތުގައި ކަމަށް ވިދާޅުވި އެވެ.
ރައީސް ޑރ.މުއިއްޒު މީޑިއާ ވިލެޖެއް ތަރައްގީކޮށްދެއްވާނެ ކަމަށް ވިދާޅުވީ ބޮޑު އަގުގައި ތަންތަން ކުއްޔަށް ހިފައިގެން އޮފީސް ހިންގަން ޖެހުމުން މީޑިއާތަކަށް މާލީ ގޮތުން ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭ ކަމުގެ ކަންބޮޑުވުން މީޑިއާތަކުން ފާޅުކޮށްފައި ވާތީ އެވެ.
މީޑިއާ ވިލެޖު ގާއިމްކޮށްދެއްވާނެ ކަމަށް ރައީސް ވައުދުވެވަޑައިގަތީ، އިންތިހާބުވުމަށް ފަހު ނޫސްވެރިންނާ އެކު ބޭއްވި ގުންޒަރުގަ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
6 ދުވަސް ކުރިން
0
ނަރުހުންގެ ހިދުމަތް ބަލައިގަންނަނީ ޝުކުރުން ފުރިގެންވާ ހިތަކައިގެން: ނައިބު ރައީސް
7 ދުވަސް ކުރިން
0
ސިޓީ ކައުންސިލުގެ ގަސް ފިހާރަތައް ހުޅުމާލެއަށް ބަދަލުކޮށްފި
18 ދުވަސް ކުރިން
0
ޕީއެސްއެމްގެ ޑިރެކްޓަރ ފައިނޭންސް، ހަނީފް މަސްއޫލިއްޔަތުން އެކަހެރިކޮށްފި
19 ދުވަސް ކުރިން
0
ހުޅުމާލޭގައި ގްރޫޕް މާރާމާރީއެއް ހިނގައި ދެ މީހަކަށް އަނިޔާވެއްޖެ
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ޓެކްސީ ޑްރައިވަރަކު، ފަސިންޖަރަކު ކާރުން ބޭލި މައްސަލައެއްގައި ފިޔަވަޅު އަޅަނީ
22 މިނެޓް ކުރިން
0
ސީ-ޓު-އެއާ ކާގޯ ހިދުމަތުގެ ދަށުން ފުރަތަމަ ފަހަރަށް މުދާ ފޮނުވައިފި
26 މިނެޓް ކުރިން
0
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ހުޅުލެއަށް
44 މިނެޓް ކުރިން
0
އައްޑު އާއި ފުވައްމުލަކަށް އޮރެންޖް އެލާޓް
50 މިނެޓް ކުރިން
0