ވިޔަފާރި
އައިފޯން 12 ގެންގުޅޭ އުރީދޫ ކަސްޓަމަރުންނަށް 5 ޖީ ހަލުވި ސްޕީޑުގައި މިހާރުލިބޭނެ

އައިފޯން 12 ގެންގުޅުއްވާ އުރީދޫ ޕޯސްޓްޕެއިޑް އަދި ޕްރިޕެއިޑް ކަސްޓަމަރުންނަށް މާލޭގެ ގިނަ ސަރަހައްދުތަކެއްގައި 5ޖީގެ ހަލުވި ސްޕީޑް މިހާރު ލިބޭނެ ކަމަށް އުރީދޫ އިން ބުނެފި އެވެ.

އެ ކުންފުނިން ބުނީ 5ޖީ ގެ ޚިިދުމަތް ލިބިގަތުމަށް އައިފޯން 12 ގެންގުޅުއްވާ ފަރާތްތަކުން އައިއޯއެސް 14.5 ނުވަތަ އެއަށްވުރެ ފަހުގެ ސޮފްޓްވެއަރއަކަށް އަޕްޑޭޓް ކުރުމުން އެި ޚިދުމަތް ލިބޭނެ ކަމަށެވެ.

އުރީދޫ މޯލްޑިވްސްގެ 5ޖީ ނެޓްވޯރކް އާއި އެކު 5ޖީ ހޯމް ބްރޯޑްބޭންޑްގެ ޚިދުމަތް 2021ގެ ޑިސެމްބަރު މަހުގައި ވަނީ މާލޭގެ ބޮޑު ސަރަހައްދަކަށް ތައާރަފްކޮށްފައެވެ. 

މީގެ ތެރޭގައި ގިނަ ވިޔަފާރިތައް ހިންގާ ސަރަހައްދުތައް، ހޮސްޕިޓަލް އަދި އާންމުން ދިރިއުޅޭ ސަރަހައްދުތައް ހިމަނާފައިވެއެވެ. 5ޖީ ޓެކްނޮލޮޖީ އާއި އެކު ލިބިގެންދާ ހައިސްޕީޑްގެ އިތުރުން އިންޓަނެޓާއި ކަނެކްޓްކުރުމުގައި ދިމާވާ ލަސްތައްވެސް އެތައްގުނައަކަށް ކުޑަވެގެންދާނެއެވެ. ގެންގުޅުއްވާ ފޯނަށް 5ޖީގެ ހަލުވި ސްޕީޑްގެ އިންޓަނެޓް ލިބިވަޑައިގަތުމާއިއެކު، މެދުކެނޑުމެއްނެތި އިންޓަނެޓްގެ ޚިދުމަތް ތަޖުރިބާކުރެވޭނެއެވެ. އޮންލައިންކޮށް ގޭމް ކުޅުމުގައި ދިމާވާ ލަސްތަކަށް ހައްލެއް ލިބި، ފިލްމް އަދި ސީރީޒް ޑައުންލޯކޮށްލަން ވިޔަސް ނުވަތަ ސްޓްރީމް ކޮށްލަންވިޔަސް މާ ގިނަވަގުތު ނުނަގާ، ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ކޮށްލެވޭނެއެވެ.

5ޖީ ގެ ޙިދުމަތް އިތުރަށް ފުޅާކުރުމާއެކު މިހާރު އައިފޯން 12، ވާވޭ ޕީ40 ޕްރޯ، ސެމްސަންގް ގެލެކްސީ ނޯޓް 20، ނޯޓ 20 އަލްޓްރާ، ސެމްސަންގ ގެލެކްސީ އެސް 21، އެސް 21+، އެސް 21 އަލްޓްރާ ހޭންޑްސެޓްސް ގެންގުޅުއްވާ އުރީދޫ ޕޯސްޓްޕެއިޑް އަދި ޕްރިޕެއިޑް ކަސްޓަމަރުންނަށް އުރީދޫ 5ޖީ ގެ ހަލުވި ސްޕީޑް މިހާރު ލިބިވަޑައިގަންނަވާނެއެވެ.

އައިފޯން 12 ނަންގަވަން ބޭނުންވާފަރާތްތަކަށް އުރީދޫ މޯލްޑިވްސްގެ އީކޮމާރސް ޕްލެޓްފޯރމް މެދުވެރިކޮށް ބައްލަވައިގަނެވޭނެއެވެ. އަދި މީގެ އިތުރުން އުރީދޫއިން ލިބެންހުންނަ ހުރިހާ ފޮނުތަކެއް އިންސްޓާލްމަންޓްއަށް ނަންގަވަން ބޭނުންވާ ފރާތްތަކަށް މޯލްޑިވްސް އިސލާމިކް ބޭންކް މެދުވެރިކޮށް ނެންގެވޭނެއެވެ.

މޫލީ މެދުވެރިކޮށް ބައްލަވައިގަތުމަށް http://ore.do/app އަށް ޒިޔާރަތް ކުރަށްވާށެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު