ވިޔަފާރި
އުރީދޫ މޯލްޑިވްސްއިން ޓިކްޓޮކާއެކު ޕާޓްނަރޝިޕަކަށް
ރޭ އުރީދޫ ހެޑް ކުއާާޓާސްގަ ބޭއްވި އިވެންޓުގެ ތެރެއިން --- ފޮޓޯ/ އުރީދޫ
އުރީދޫއިން ޓިކްޓޮކާއެކު ސްޓްރެޓިޖިކް ޕާޓްނާޝިޕެއްގައި ސޮއިކޮށްފި އެވެ.


މި ޕާޓްނަރޝިޕް އިއުލާނުކުރީ ރޭ އުރީދޫ ހެޑްކުއާޓާސްގައި ބޭއްވި އިވެންޓެއްގައެވެ. މިއާއެކު ރާއްޖޭގައި ޓިކްޓޮކް ބޭނުންކުރާ ފަރާތްތަކުގެ ތަޖުރިބާ އިތުރަށް ފުރިހަމަވެ އިތުރު ފުރުސަތުތައް ހުޅުވިގެންދާނެކަމަށް އުރީދޫއިން ވަނީ ބުނެފައެވެ.

"ޓިކްޓޮކާއި އެކު، އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ކޮންޓެންޓް އުފެއްދުމަށާއި، އެކަކު އަނެކަކާއި އޮންނަ ގުޅުން ބަދަހިކޮށް، އާކަންތައްތައް ހޯދުމުގައި އުރީދޫ ނެޓްވާރކް މެދުވެރިކޮށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ،" ހާލިދު އަލް ހަމާދީ ވިދާޅުވި އެވެ.

އޭގެ އިތުރުން، ޓިކްޓޮކަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ޕެކްތަކެއް ވެސް އުރީދޫއިން މި އިވެންޓުގައި ވަނީ ލޯންޗްކޮށްފަ އެވެ.

އުރީދޫއިން ބުނީ ރާއްޖޭގައި މިހާރު އުފެދިފައިވާ އަދި އުފެދެމުންދާ ކޮންޓެންޓް އުފައްދާ ފަރާތްތަކަށް މި ޕެކްތަކުގެ ސަބަބުން އިތުރު ލުއިތަކެއް ލިބިގެންދާނެކަން ޔަގީންކުރާ ކަމަށެވެ.

އުރީދޫއަކީ ކަސްޓަމަރުންނަށް އާކަންކަން އަދި އީޖާދީ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ރާއްޖޭގައި އެންމެ ކުރީ ސަފުގައި ގުނާލެވޭ އެއް ކުންފުންޏެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު