ވިޔަފާރި
އަތޮޅު ދުވުން: މި ފަހަރު އިންސްޓަ360 ކެމެރާއެއް
އެޕްރީލް މަހު އަތޮޅު ދުވުން ކުޅެގެން ލީޑަބޯޑުގެ އެއްވަނައިގައި ހިމެނޭ މީހަކަށް ސީގިއަރގެ ފަރާތުން އިންސްޓަ360 ކެމެރާއެއް ހުށަހަޅައިފި އެވެ.

"އަތޮޅު ދުވުން" ގޭމަކީ، ހުރިހާ އުމުރުފުރާއަކަށް ބައިވެރިވެވޭ ގޮތަށް ރާއްޖޭގައި ތައްޔާރުކުރެވިފައިވާ ފުރަތަމަ އެންޑްލަސް ރަނަރގޭމެވެ. އުރީދޫން ފުރަތަމަ އިސްތިހާރު ކަމަށްވާ، "ހަސަނަށް ފޯނެއް" ގެ ދަތުރުގައި މި ފަހަރު ރާއީ ދުވެފައި ދަނީ ރާއްޖޭގެ އުތުރުން ދެކުނަށް، ކޮންމެ މަހަކު ރާއްޖޭގެ އެއް ރަށަށް ނުވަތަ ލެވަލެއް އަންލޮކް ވެގެން ދާނެއެވެ.

ގޭމްގެ މި މަހުގެ އަޕްޑޭޓް މިހާރު އެޕް ސްޓޯރާއި އަދި ގޫގުލް ޕްލޭސްޓޯރުން ލިބޭނެ އެވެ.

އަތޮޅު ދުވުމުގެ މާޗު މަހުގެ ޕާޓްނަރަކީ ސީގިއަރ އެވެ. މިޕާޓްނަޝިޕުގެ ދަށުން އުރީދޫއާއި ގުޅިގެން މިމަހުގެ ލީޑަބޯޑުގެ އެއްވަނައަށް ދާ މީހަކަށް އިންސްޓަ360 ކެމެރާއެއް ދޭނެ އެވެ. އޭޕްރީލް މަހު އަތޮޅު ދުވުމުން ފެނިގެންދާނީ ބ. އޭދަފުށްޓެވެ.

މިގޭމުގައި 12 ލެވެލް ހިމެނޭއިރު، ކޮންމެ މަހަކު އާލެވެލެއްގައި އާ ރަށަކަށް ދަތުރުކުރެވޭނެ އެވެ. އަންލޮކް ވެގެންދާ ލެވެލް ކުޅެވޭނީ ހަމއެކަނި އެ މަހު އެވެ.

އުރީދޫ މޯލްޑިވްސްގެ މިއަހަރުގެ ކަލަންޑަރުގައި ހިމެނޭ މަންޒަރުގައި ސިއްރު އާޓްވޯކެއް ހިމަނާފައިވާނެ އެވެ. މި އާޓްވޯކް ގޭމްގެ ތެރެއިން ހޯދައިގެން ބޯނަސް ލެވެލްއެއް ކުޅުމުގެ ފުރުސަތު ލިބެ އެވެ.

މިއަހަރުގެ ކަލަންޑަރު އަދި ގޭމް ތައްޔާރުކޮށްފައިވަނީ ލޫޕްކްރާފްޓްގެ ހުނަރުވެރި ޒުވާން ޓީމުންނެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު