ވިޔަފާރި
ޓްރޭޑްމާކް ބިލާ ގުޅޭ މަޝްވަރާ ސެމިނާއެއް ފަށައިފި
އިކޮނޮމިކް މިނިސްޓަރު ސައީދު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަނީ -
ޔުނައިޑެޓް ސްޓޭޓްސް ޕޭޓަންޓް އެންޑް ޓްރޭޑްމާކް އޮފީސް (ޔޫއެސްޕީޓީއޯ) އާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑާއި، މޯލްޑިވްސް ކަސްޓަމްސް ސާވިސް ގުޅިގެން ސެމިނާއެއް ފަށައިފި އެވެ.

މި ސެމިނާ ކުރިއަށް ގެންދަނީ ޔުނައިޑެޓް ސްޓޭޓްސް ޕޭޓަންޓް އެންޑް ޓްރޭޑްމާކް އޮފީސް (ޔޫއެސްޕީޓީއޯ) އާއި އިކޮނޮމިކް މިނިސްޓްރީއާއި މޯލްޑިވްސް ކަސްޓަމްސް ސާވިސް ގުޅިގެނެވެ. 

މި ސެމިނާގައި ޓްރޭޑްމާކް ރަޖިސްޓްރީކުރުމުގައި ބަލަންޖެހޭ ކަންކަމާއި، ރަޖިސްޓްރޭޝަން ޕްރޮސެސް ހިނގާގޮތާއި، ރަޖިސްޓްރީކުރުމުގައި ދިމާވާ ދަތިތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

މާދަމާގެ ނިޔަލަށް ކުރިއަށްދާ މި ސެމިނާގައި މިނިސްޓްރީ އޮފް އިކޮނޮމިކް މިނިސްޓްރީ އާއި މޯލްޑިވްސް ކަސްޓަމްސް ސާވިސް އަދި އެޓާނީ ޖެނެރަލްގެ އޮފީހާއި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހާއި ޔޫތު މިނިސްޓްރީ އާއި މޯލްޑިވްސް ޕޮލިސް ސާވިސްގެ އިތުރުން ބާ ކައުންސިލް އާއި ބިޒްނަސް ސެންޓާ ކޯޕަރޭޝަންގެ މުވައްޒަފުން ބައިވެރިވެ އެވެ.

ވިޔަފާރިތަކަށް އެންމެ ފުރިހަމަ ގޮތުގައި ފިކުރީ މުދަލުގެ ނަފާ ލިބޭނެ ގޮތް ހޯދައިދީ، ރާއްޖޭގައި އިންވެސްޓްކުރާ ފަރާތްތަށް ރާއްޖޭގެ ވިޔަފާރީގެ މާހައުލަށް އިތުބާރު ހޯދައިދިނުމަށްޓަކައި ފިކުރީ މުދާ ހިމާޔަތްކޮށް ރައްކާތެރިކޮށްދިނުމަކީ ސަރުކާރުން ވަރަށް އިސްކަމެއް ދީގެން ކުރަމުންގެންދާ މަސައްކަތެއް ކަމަށް މިނިސްޓްރީން ބުނެއެވެ.

އެގޮތުން، ކޮޕީރައިޓާއި އެއާއި ގުޅޭ އެހެނިހެން ހައްގުތަކުގެ ގާނޫނު އިސްލާހުކުރުމަށް މިހާރު މަޖިލީހަށް ފޮނުވާފައިވާ ކަމަށް ވެސް ބުނެފައިވެއެވެ. އަދި މިއަހަރުގެ ތެރޭގައި ޓްރޭޑްމާކާއި ބެހޭ ބިލް މަޖިލީހަށް ފޮނުވުމަށް ގެންދަނީ މަސައްކަތްކުރަމުން ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

އިކޮނޮމިކް މިނިސްޓްރީން މިހާރު ދަނީ ޕޭޓަންޓާ ބެހޭ ބިލަކާއި، ޖިއޮގްރަފިކަލް އިންޑިކޭޝަންސް އާ ބެހޭ ބިލެއް ތައްޔާރުކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. އޭގެ އިތުރުން އަދަބީ އަދި ފަންނީ މަސައްކަތްކުރާ ފަރާތްތަކަށް އެ މީހުންކުރާ މަސައްކަތަށް ރޯޔަލްޓީ ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމަށްޓަކައި ކަލެކްޓިވް މެނޭކްމަންޓް އޯގަނައިޒޭޝަންއެއް އުދެއްދުމަށް ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު