ލައިފްސްޓައިލް
ފެން މަދުވުމުގެ ސަބަބުން ހަށިގަނޑަށް އޭގެ އަސަރުކުރާ މިންވަރު އެގޭތަ
ދުޅަހެޔު ސިއްޙަތެއްގައި ހުރުމަށްޓަކައި ފެނަކީ ކޮންމެ ދުވަހެއްގައިވެސް އިންސާނާގެ ހަށިގަޑަށް އެހާމެ ބޭނުންތެރި އެއްޗެކެވެ. ހަށިގަޑުން ފެންމަދުވުމުގެ ސަބަބުން ތަފާތު އެހެން ބަލިތަކަށް މީހާ ހުށަހެޅި ހަށިގަނޑު ހަލާކުކޮށްލަދޭ ކަމަކީ ގިނަ މީހުން މިކަމާމެދު ހޭލުންތެރިވާންޖެހޭ އެހެނަސް ނުވެފައި އޮތްކަމެކެވެ. ފެނުގެ ބަދަލުގައި ގިނަ މީހުން ކަރުހިއްކައިގަތުމުންވެސް ދިޔާއެއްޗެހީގެ ގޮތުގައި ތަފާތު ރަހަތަކުގެ ބުއިންތައް ބޭނުންކުރާއިރު އެއެއްޗެއްސަކީ ތަފާތު އެކި ވައްތަރުގެ އާޓިފިޝަލް އެއްޗެހި ބޭނުން ކޮށްލައިގެން ތައްޔާރުކުރާ އަދި އޭގެއިން ހަށިގަޑަށް އެއްވެސް ފައިދާއެއް ނުކުރާ އެއްޗެއް ކަމާމެދު ގިނަމީހުން ވިސްނާނުލުމަކީ ފަހުން ހިތާމަކުރަންޖެހޭކަންތަކެވެ. ސައިކޮލެޖިކަލް ޕުރްސެސް އަދި ބައޯކެމިކަލް ރިއެކްޝަންތައް މަސައްކަތްކުރުމަށްޓަކާ %65 ފެން އިންސާނާގެ ހަށިގަޑަށް ބޭނުންވެއެވެ. އަދި މީގެ އިތުރުން ލޭ ދައުރުކުރުމަށާ، މެޓަބޮލިޒަމްގެ އިތުރުން ހަށިގަޑުގެ ފިނިހޫނުމިން އެއްވަރެއްގައި ދެމެހެއްޓުމަށާއި، ހަށިގަޑަށް ބޭނުންނުވާ ވިހަ މާއްދާތަށް ނައްތާލުމަށް ފެނަކީ ވަރަށް މުހިންމު އެއްޗެކެވެ. އާންމު ގޮތެއްގައި އިންސާނާގެ ހަށިގަޑުގައި ފެން ހުންނަންޖެހޭ ވަރަށްވުރެ އެކެއް ނުވަތަ ދެ ޕަސެންޓް މަދުވުމުން ހަށިގަޑަށް ފެންބޭނުންވާ ކަމުގެ އިޝާރާތް ކަރުހިއްކައި ދިނުމުން އަންގައި ދެއެވެ. ކަރު ހިއްކައިދޭ މިންވަރުން އެ އަންގައިދެނީ އެމީހެއްގެ ހަށިގަޑަށް ފެން ބޭނުންވާވަރެވެ. އަދި ކަރުހިއްކައިދިނުމުން އެދެނީ ހަށިގަޑަށް ފެންމަދުވެފައިވާ ކަމުގެ ފުރަތަމަ ސިގްނަލް އެވެ. މީގެ އިތުރުން ފޮނި އެއްޗެހި ކާ ހިތްވުމަކީވެސް ހަށިގަޑުން ފެންމަދުވާކަމުގެ އަލާމާތެކެވެ. ވީމާ ކަރުހިއްކަން ފެށުމާއެކު ފުރަތަމަވެސް ވީހާވެސް އަވަހަށް ފެންބޯން އާދަކުރާށެވެ. މީގެ އިތުރުން ފެންމަދުވާކަމުގެ އިތުރު އަލާމާތްތަކުގެ ތެރޭގައި : - ބޯ އެބުރުން / މޫނުމައްޗަށް އަދިރިވުން - ކަންކަމަށް ސަމާލުކަން ނުދެވުން - އަކުނިވަޔަށްދެމުން - މީހާގެ ތާޒާކަމެއް ނެތުން، ހަންގަޑު ކުރަކި ވެފައި ހުރުމާއި މޫނުގައި ރޫޖެހުން - އާންމުކޮށް ކުޑަކަމުދާ މިންވަރަށް ނުދެވުން /ކުޑަކަމުދާއިރު ކުލަގަދަވުން - އަގައިން ނުބައި ވަސްދޮވުން - އަވަސް އަވަހަށް މޫޑް ބަދަލްވުން - ބުރަކަށީގަޔާއި ހުޅުހުޅުގައި ރިއްސާފައި ހުރުން - ބަޑުހަރުވުން - ބޮލުގައި ރިއްސުން - ފޮނި އެއްޗެހިކާހިތަވުން ހަށިގަޑުން މާބޮޑަށް ފެންމަދުވުމަކީ އިންސާނާޔާއަށް ވަރަށް ގެއްލުން ހުރިކަމެކެވެ. އަދި ހަމަ މިޔާއެކު މެދުމިންވަރަކަށް ހަށިގަޑުން ފެންމަދުވުމަކީވެސް ބޮލުގައި ރިއްސުމުގެ އިތުރުން ކުރަންހުންނަ މަސައްކަތްތަކަށް ބުރޫއަރާ ކަމެއްކަމަށް ދިރާސާތަކުން ދައްކައެވެ. ކޮރޯނިކް ޑިހައިޑްރޭޝަންގެ ސަބަބުން ބަލިބައްޔަށް ހުށަހެޅި ހަށިގަޑުގެ އެކި ގުނަވަންތައް ހަލާކުކޮށްލަދެވެ. މީގެ އިތުރުން ދިގުމުއްދަތަކަށް ހަށިގަޑަށް ބޭނުންވާވަރަށް ފެން ނުބުއިމުގެ ސަބަބުން މައްސަލަތައް ދިމާވެއެވެ. މީގެ ތެރޭގައި ނޭވާހިއްލުމާއި އެލާޖީސްތައް ވުމާއި ބުލެޑާ އަދި ކިޑްނީގެ މައްސަލަތަށްފަދަ މައްސަލަތައް ކުރިމަތިކުރިވައެވެ.
ކިޔުންތެރިންގެ ޝުއޫރު
0%
100%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު