ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ވިޔަފާރި
އިޓަލީ މާކެޓުގައި ރާއްޖޭގެ މަގުބޫލުކަން އިތުރުކުރަނީ
އިސްމާއިލް ރިޒާ
14 ޑިސެމްބަރ 2021 - 03:06
0
comments
Tweet
Telegram
ރާއްޖޭގެ ޓޫރިޒަމް އިޓަލީގައި އިޝްތިހާރުކޮށް، އެ ގައުމުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް އިޓަލީގެ އެކި ހިސާބުތަކުގައި ރާއްޖޭގެ އިޝްތިހާރުތައް ދައްކަން އެމްއެމްޕީއާރުސީން ފަށައިފި އެވެ.
ދެ ބަޔަކަށް ބަހާލައިގެން ކުރިއަށްގެންދަން ހަމަޖެހިފައިވާ މި ކެމްޕޭން ހަރަކާތްތައް، މި މަހުގެ ތިން ހަފްތާއާއި އަންނަ މަހުގެ އެއް ހަފްތާގައި ކުރިއަށް ގެންދާނެކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)އިން ބުންޏެވެ.
މި ކެމްޕެއިންގެ ދަށުން، މިލާންގެ ހަ ސަރަހައްދެއްގައި ރާއްޖޭގެ ފޮޓޯއާއި ވީޑިއޯ ހިމެނޭހެން ޑިޖިޓަލް އިޝްތިހާރު ދައްކާނެއެވެ.
ރާއްޖެއަކީ އިޓަލީގެ ފަތުރުވެރިންނަށް އެންމެ ރައްކާތެރި މަންޒިލުގެ ގޮތުގައި އިޝްތިހާރުކޮށް، އެގައުމުގެ ފަތުރުވެރިންގެ ތެރޭގައި ރާއްޖޭގެ ބްރޭންޑް އިތުރަށް ކުރިއެރުވުމަކީ މި ކެމްޕޭންގެ މަގުސަދު ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.
މި އަހަރު މިހާތަނަށް ވިޒިޓް މޯލްޑިވްސްއިން އިޓަލީ މާކެޓަށް އަމާޒުކޮށް ވެލްކަމް ޓްރެވަލްސް، އީޒީ މާކެޓް ކެމްޕެއިން އަދި ބިޓް މިލާން ފަދަ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައި ވެއެވެ. ވިޒިޓް މޯލްޑިވްސްއިން މިހާރުވެސް މި މާކެޓުގައި ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރޭގައި އީ-ލާނިން ކެމްޕެއިން, އެލްޕިޓުއާ އާއެކު ކުރިއަށް ގެންދާ ކެމްޕެއިން އަދި ބްލުވަކަންޒާއާއެކު ކުރިއަށް ގެންދާ ކެމްޕެއިން ހިމެނެއެވެ. މިދިޔަމަހުގެ 29 ވަނަ ދުވަހު އިޓަލީ ސަރުކާރުންވަނީ ރާއްޖެ އަދި އެހެން ގައުމުތަކާ އެކު ޓްރެވެލް ކޮރިޑޯ އެއް ގާއިމްކޮށްފަ އެވެ.
މީގެ ސަބަބުން ރާއްޖެ އަށް ޒިޔާރަތްކުރާ އިޓަލީ ފަތުރުވެރިން އަނބުރާ ގައުމަށް ދިޔުމަށްފަހު ކަރަންޓީންވާކަށް ނުޖެހޭނެ އެވެ. ވިޒިޓް މޯލްޑިވްސްގެ އަމާޒަކީ ބަލިމަޑުކަމުގެ ކުރިން އިޓަލީ މާކެޓްގައި ރާއްޖެ މަގުބޫލުކަން ހުރި މިންވަރަށް އަނެއްކާވެސް އިޔާދަ ކުުރުމެވެ. އަދި އިޓަލީ ފަތުރުވެރިންގެ މެދުގައި ރާއްޖެއަކީ އެންމެ މަގުބޫލު ފަތުރުވެރިކަމުގެ މަންޒިލްގެ ގޮތުގައި ދެމެހެއްޓުމެވެ.
މި ކެމްޕޭންގެ ދަށުން ރާއްޖޭގެ ރިސޯޓް، ހޮޓެލް އަދި ގެސްޓްހައުސްއާއި ލިވަބޯޑުތަކުގެ މައުލޫމާތާއި ރާއްޖެއިން ފަތުރުވެރިންނަށް ލިބެން ހުންނަ ތަފާތު ތަޖުރިބާތައް އިޓަލީގެ މާކެޓުގައި އިޝްތިހާރު ކުރާނެއެވެ.
އެ ކެމްޕޭން ކުރިއަށް ގެންދަނީ އިޓަލީގެ މީޑިއާމޮންޑް ކުންފުންޏާ ގުޅިގެންނެވެ.
މީޑިއާމޮންޑަކީ އިޓަލީގައި އެންމެ ފުޅާ ދާއިރާއެއްގައި ޑިޖިޓަލް މާކެޓިން ހަރަކާތް ހިންގާ އެއް ކުންފުންޏެވެ. މި ކުންފުނި މަސައްކަތް ކުރަނީ އިޓަލީގެ މީޑިއާ ގްރޫޕް، މީޑިއާސެޓް އަދި ލީޑިން ޕަބްލިޝިން ހައުސް މޮންޑަޑޯރީއާއެކުއެވެ.
މީޑިއާމޮންޑްގެ އިޝްތިހާރާއި ކެމްޕެއިންތައް ބްރޯޑްކާސްޓުކޮށް ޝާއިއުކުރާ ފަރާތްތަކުގެ ތެރޭގައި އިޓަލީގެ މަޝްހޫރު 70 މީޑިއާ ބްރޭންޑް ހިމެނެއެވެ.
އިޓަލީއަކީ ކޮވިޑް ޕެންޑަމިކްގެ ކުރިން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރި އެއް ގައުމެވެ. މިދިޔަ އަހަރު އިޓަލީން 46،690 ފަތުރުވެރިން ރާއްޖެ އައެވެ. މި އަހަރުގެ މިހާތަނަށް ރާއްޖެ އައިސްފައި ވަނީ 12،633 ފަތުރުވެރިންނެވެ.
ޓޫރިޒަމް މިނިސްޓްރީން އާއްމުކުރި ތަފާސްހިސާބުގައިވާ ގޮތުން މިދިޔަ މަހު 144،725 ފަތުރުވެރިން އައިސްފައިވެއެވެ. އެގޮތުން މިދިޔަ މަހު އެވަރެޖުކޮށް ކޮންމެ ދުވަހަކު 4،824 ފަތުރުވެރިން އައިސްފައިވާ އިރު އެއް ދުވަސް ތެރޭ އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައީ މަހުގެ ފަހުކޮޅު، 5،987 މީހުންނެވެ.
މިއަހަރުގެ އެއް މިލިއަން ވަނަ ފަތުރުވެރިޔާ ރާއްޖެ އައީ އޮކްޓޯބަރު މަހުގެ ފަހުކޮޅެވެ. އަދި މިއަހަރު ތެރޭ ޓޫރިސްޓުން ރާއްޖޭގައި ހޭދަކޮށްފައިވާ ރޭގެ އަދަދު ނުވަތަ ބެޑްނައިޓްސް ވަނީ މިމަހު 10 މިލިއަނަށް އަރައިފައެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
4 ދުވަސް ކުރިން
0
ޓޫރިޒަމް ގާނޫނަށް އިސްލާހު ގެނެސްގެން މަތީ މަގާމްތަކަށް ދިވެހިން ހޯދަނީ
4 ދުވަސް ކުރިން
0
ބިނާކުރަނިވި ފާޑުކިޔުންތައް ބަލައިގަންނާނަން: ފައިސަލް
6 ދުވަސް ކުރިން
0
އަހަރުގެ މިހާތަނަށް ޗައިނާއިން އައި ފަތުރުވެރިންގެ އަދަދު ލައްކައަކާ ގާތަށް
11 ދުވަސް ކުރިން
0
ގާފަރު ފަޅުން 16 ރަށް ހިއްކަން ހަވާލުކޮށްފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ދެ މަހުން ނިންމާ ގޮތަށް އާސަހަރާގެ ފިނިޝިން މަސައްކަތް ބަޔަކާ ހަވާލުކޮށްފި
2 ގަޑިއިރު ކުރިން
0
ބަނޑިދޫ ކޯޓްގެ އާ އިމާރާތް ހުޅުވައިފި
2 ގަޑިއިރު ކުރިން
0
އެއާ ސާވިސް ވޯލްޑް ކޮންގްރެސްގެ ޕާޓްނަރުން އިއުލާންކޮށްފި
3 ގަޑިއިރު ކުރިން
0
މޫސުން ގޯސް، ބޮޑު ސަރަހައްދަކަށް ރީނދޫ ސަމާލު
3 ގަޑިއިރު ކުރިން
0