ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ދީން
ފަލަސްތީނަކީ ޒަޔަނިސްޓުންގެ ބިމެއްގެ ގޮތުގައި ތާރީހީ ގޮތުން ވެސް ކަނޑައެޅެން ނެތް
އިބްރާހިމް އާދަމް
20 އޮކްޓޫބަރ 2023 - 14:43
0
comments
ފަލަސްތީނަށް އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި ގެއްލުންވި މީހަކަށް އެހީ ވަނީ
Tweet
Telegram
ފަލަސްތީނުގައިވާ އަލްޤުދްސަކީ ސަލާމްލެއްވި އިބްރާހީމްގެފާނާއި އެކަލޭގެފާނުގެ ދަރިފަސްކޮޅުން ވަޑައިގެންނެވި ގިނަ ނަބިއްޔުންގެ ފަސްގަނޑު ކަމަށާއި އެހެންކަމުން އެބިމަކީ ޒަޔަނިސްޓުންގެ ބިމެއްގެ ގޮތުގައި ތާރީހީ ގޮތުންނާއި ދީނީ ގޮތުން ވެސް ކަނޑައެޅެން ނެތްކަމަށް މިއަދު ހުކުރު ހުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ހުތުބާ ހާއްސަކޮށްފައިވަނީ މަސްޖިދުލް އަޤްޞާގެ މާތްކަންކަމުގެ މައްޗަށެވެ. ހުކުރު ޚުތުބާގައިވަނީ މަސްޖިދުލް އަޤްޞާއަކީ ކޮބައިކަމާއި، އެތަނުގެ މާތްކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.
ޚުތުބާގައި ބުނީ، އަލްޤުދުސަކީ ސަލާމްލެއްވި ދާއޫދުގެފާނުގެ ވެރިކަމުގައި، އެކަލޭގެފާނު ވެރިކަން ކުރެއްވި ރަށްކަމަށެވެ. އަދި އެއީ އެކަލޭގެފާނުގެ ލޮބުވެތި ދަރިކަލުން، ސަލާމްލެއްވި ސުލައިމާން ޢަލައިހިއްސަލާމް ވެރިކަން ހިންގެވި މާތް ބިންކަމަށް ވެސް ހުތުބާގައި ބުންޏެވެ.
"މި އެންމެ ބޭކަލުންނަކީ މުސްލިމުންނެވެ. ތައުހީދުގެ އިމާމުންނެވެ. މިހެންކަމުން އެ ބިމަކީ ޔަހޫދީންގެ ނުވަތަ ޒަޔަނިސްޓުންގެ ތަނެއްގެ ގޮތުގައި ތާރީޚީ ގޮތުން ވެސް، އަދި ދީނީ ގޮތުން ވެސް ކަނޑައެޅޭކަށް ނެތެވެ. އަލްމަސްޖިދުލް އަޤްޞާއަކީ މުސްލިމުންގެ ހައްގެކެވެ،" ހުތުބާގައި ބުންޏެވެ.
އަލްޤުދުސަކީ ސަލާމްލެއްވި އިބްރާހިމްގެފާނާއި އެކަލޭގެފަނުގެ ދަރިފަސްކޮޅުން ވަޑައިގެންނެވި ގިނަ ނަބިއްޔުންގެ ފަސްގަނޑުކަން ޚުތުބާގައި ފާހަގަކުރެއްވިއެވެ.
އެގޮތުން ސަލާމްލެއްވި ދާއޫދުގެފާނުގެ ވެރިކަމުގައި އެކަލޭގެފާނު ވެރިކަން ކުރެއްވި ރަށްކަން ޚުތުބާގައި ވިދާޅުވިއެވެ. އަދި އެއީ އެކަލޭގެފާނުގެ ލޮބުވެތި ދަރިކަލުން ސަލާމްލެއްވި ސުލައިމާން އަލައިހިސަލާމުގެ ބޮޑުވެރިކަން ހިންގެވި މާތް ބިންކަމަށާއި، އެއީ އިންސަނިއްޔާތުގެ ތާރީޚު ދުށް، އެންމެ ވަރުގަދަ އެންމެ ބާރުވެރި ވެރިކަންކަންވެސް ޚިތުބާގައި ވިދާޅުވިއެވެ.
ޚުތުބާގައި ވިދާޅުވީ، އެފަދަ ދެވަނަ ވެރިކަމެއް ދެން ދުނިޔެއިން ނުދެކޭނެކަމަށާއި، އެ ބިމަކީ ޔަހޫދިންގެ ނުވަތަ ޒަޔަނިސްޓުންގެ ތަނެއްގެ ގޮތުގައި ތާރީޚީ ގޮތުންވެސް އަދި ދީނީ ގޮތުންވެސް ކަނޑައެޅޭކަތް ނެތްކަމަށެވެ. އަދި އަލްމަސްޖިދުލް އަޤްޞާއަކީ މުސްލިމުންގެ ހައްގެއްކަމަށްވެސް ވިދާޅުވިއެވެ.
"ޔަހޫދީ އެއްކަމުގައިވެސް އަދި ނަޞާރާއެއް ކަމުގައިވެސް އިބްރާޙިމްގެފާނު ނުވެއެވެ. އަދި ކިއެއްތަ! އެކަލޭގެފާނު ވަނީ ބާޠިލް މަގުން އެއްކިބާވެ، ޙައްޤުދީނަށް ތަބާވެގެންވާ މުސްލިމްއަކު ކަމުގައެވެ. އަދި ޝަރީކުކުރާ މީހުންގެ ތެރެއަކުންވެސް އެކަލޭގެފާނު ނުވެއެވެ. ހަމަކަށަވަރުން މީސްތަކުންކުރެ، އިބްރާހިމްގެ ފާނަށް (ނިސްބަތްވުމުގައި) އެންމެ އައުލާކަން ބޮޑީ، އެކަލޭގެފާނަށް ތަބަޢަ ވީ މީހުންނާއި މި ނަބިއްޔާއާއި،(އެބަހީ: މުޙައްމަދުގެ ފާނާއި) އީމާންވި މީހުންނެވެ. ﷲ އީ، އީމާންވި މީހުންނަށް އެހީތެރިވެ ވާގިވެރިވެ ވޮޑިގެންވާ ރަސްކަލާނގެއެވެ."ކީރިތި ޤުރުއާނުގައި މާތް ﷲ ވަޙިކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ.
މީގެ އިތުރުން ޚުތުބާގައި ބުނީ، މިސްކިތްތަކަކީ ބިންމަތީގައިވާ އެންމެ މާތް ބިނާތައް ކަމަށެވެ. އަދި މިސްކިތްތަކުގެ ތެރެއިން ވެސް މާތްﷲގެ ހަޟްރަތުގައި ވަކިން މާތްކަން ބޮޑުވެގެންވާ ތިން މިސްކިތަކީ، މައްކާގައިވާ މަސްޖިދުލް ޙަރަމްއާއި، އަލްމަދީނަތުލް މުނައްވަރާގައިވާ މަސްޖިދުންނަބަވީ އާއި، ފަލަސްތީނުގެ ގުދުސްގައިވާ އަލްމަސްޖިދުލް އަޤްޞާ ކަމަށް ހުތުބާގައި ބުންޏެވެ.
"މުސްލިމް އަޚުންނޭ! އަލްމަސްޖިދުލް އަޤްޞާއަކީ، މުސްލިމުންގެ ފުރަތަމަ ޤިބްލައެވެ. ހިޖުރަ ކުރެއްވުމަށް ފަހުގައި ވެސް ސޯޅަމަސް ދުވަސް ވަންދެން (އެބަހީ: ކަޢްބަތުﷲ ގެފުޅަށް ޤިބްލަ ބަދަލުކުރައްވައިފުމަށް ދާންދެން) އަލްމަސްޖިދުލް އަޤްޞާ އާ ދިމާއަށް ކުރިމަތި ލައްވާ ހުންނަވާ މާތް ނަބިއްޔާ މުހައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމް އާއި އެންމެހާ މުސްލިމުން ނަމާދު ކުރެއްވިއެވެ. އެހެންކަމުން މުސްލިމުންގެ ހިތްތަކުގައި އަލްމަސްޖިދުލް އަޤްޞާއަށް މަތިވެރި މަގާމެއް ދެވިފައި ވެއެވެ،" ހުތުބާގައި ބުންޏެވެ.
އެހެންކަމުން ފަލަސްތީނުގެ ރައްޔިތުންނާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހާލުގައި ޖެހިފައިވަ މުސްލިމުންނަށް އިޚްލާސްތެރިކަމާއި މަޑުމައިތިރިކަމާއެކު ދުޢާކުރުމަށް ވަނީ ނަސޭހަތްތެރިވެފައެވެ.
ދިވެހިން އަންނަނީ ފަލަސްތީނުގެ މީހުންނަށް އެހީވުމަށް އެކި ގޮތްގޮތުން މަސައްކަތް ކުރަމުންނެވެ. އެގޮތުން ފައިސާ ހޯދުމަށް ތެލަތޮން އާއި އިތުރު އެހެން ހަރަކާތްތައްވެސް އަންނަނީ ބާއްވަމުންނެވެ.
ދިވެހި ސަރުކާރުން އަބަދުވެސް އަންނަނީ ފަލަސްތީނުގެ މީހުންގެ ދިފާއުގައި އަޑު އުފުލަމުންނެވެ. އަދި ބައިނަލްއަގްވާމީ މައިދާނުތަކުގައި ވެސް އިޒްރޭލުގެ އަމަލުތައް ކުށްވެރިކޮށް، ފަލަސްތީނަށް ދެމުންގެންދާ ހަމަލާތައް ހުއްޓާލުމަށް ދަނީ ގޮވާލަމުންނެވެ.
އަގްސާ ތޫފާންގެ ނަމުގައި، މި މަހުގެ 7 ވަނަ ދުވަހު ހަމާސް އިން އިޒްރޭލާ ދެކޮޅަށް ފެށި ހަނގުރާމަ އަށް ބަދަލު ހިފުމުގެ ގޮތުން އިޒްރޭލުން ގާޒާ އަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 4000 އަށް ވުރެ ގިނަ މީހުން ޝަހީދުވެ 18000 އަށް ވުރެ ގިނަ މީހުން ޒަހަމްވެއްޖެ އެވެ.
މިހާރު ކުރަމުންދާ ހަނގުރާމައިގައި އިޒްރޭލުން މިހާތަނަށް ދިން އެންމެ ވަރުގަދަ ހަމަލާއަކީ، ގާޒާގެ އުތުރުކޮޅުގައި ހުންނަ މަޢުމަދާނީ ހޮސްޕިޓަލް (އަލް އަހްލީ ހޮސްޕިޓަލް) އަށް، މި މަހުގެ 17 ވަނަ ދުވަހުގެ ރޭ އިރާކޮޅު ދިން ވަރުގަދަ މިސައިލް ހަމަލާ އެވެ. އެ ހަމަލާގައި 800 އާ ގާތްކުރާ އަދަދަކަށް ފަލަސްތީނު މީހުން ޝަހީދުވި އިރު، ޒަޚަމްވި މީހުންގެ ޖުމްލަ އަދަދެއް އަދިވެސް ސާފެއް ނުވެ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
2 ދުވަސް ކުރިން
0
ގިނަ މީހުން މުދަލު ޒަކާތް ނުދައްކާ: ހުތުބާ
4 ދުވަސް ކުރިން
0
ފަލަސްތީނުގެ ސަގާފަތާ ބެހޭ ވަޒީރުގެ ޝުކުރު ދިވެހިންނަށް
4 ދުވަސް ކުރިން
0
އދ.ގެ މެންބަރުކަން ފަލަސްތީނަށް ދިނުމަށް ރާއްޖެއިން ސަލާމަތީ މަޖިލީހަށް ގޮވާލައިފި
5 ދުވަސް ކުރިން
0
ދިފާއުގައި ކުރެއްވި ޕޯސްޓަށް ފަލަސްތީނު ސަރުކާރުގެ ޝުކުރު ދިވެހިންނަށް!
ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ޓެކްސީ ޑްރައިވަރަކު، ފަސިންޖަރަކު ކާރުން ބޭލި މައްސަލައެއްގައި ފިޔަވަޅު އަޅަނީ
11 ގަޑިއިރު ކުރިން
0
ސީ-ޓު-އެއާ ކާގޯ ހިދުމަތުގެ ދަށުން ފުރަތަމަ ފަހަރަށް މުދާ ފޮނުވައިފި
11 ގަޑިއިރު ކުރިން
0
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ހުޅުލެއަށް
12 ގަޑިއިރު ކުރިން
0
އައްޑު އާއި ފުވައްމުލަކަށް އޮރެންޖް އެލާޓް
12 ގަޑިއިރު ކުރިން
0