ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
އިންޑިއާ ސިފައިންގެ އަދަދު އުޅެނީ 200 އިން މަތީގައި: ޔާމީން
މަރިޔަމް އަނާ
08 މާޗް 2024 - 19:13
0
comments
ކުރީގެ ރައީސް ޔާމީން
Tweet
Telegram
ސ.ފޭދޫގައި އެކަނިވެސް 200 އިންޑިއާ ސިފައިން އެބަތިބި ކަމަށް އިންޑިއާ ސިފައިން ރާއްޖެއިން ބޭރުކުރަން "އިންޑިއާ އައުޓް" ޓެގްގައި ކެމްޕެއިން ކުރެއްވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ. ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރު ކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންއެފް) އިން އާންމު މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދޭ އުސޫލުން ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވީ ރާއްޖޭގައި ތިބީ 87 އިންޑިއާ ސިފައިން ކަމަށް އެމްޑީޕީ ސަރުކާރުން ބުނި ބުނުން މި ސަރުކާރުން ވެސް ތަކުރާރުކޮށްފައިވާ ކަމަށާއި ނަމަވެސް ފޭދޫގައި އެކަނި އިންޑިއާ ސިފައިންގެ 200 މީހުން އެކި ނަން ނަމުގައި އުޅެމުންދާ ކަމަށެވެ.
"މި ސަރުކާރުން ބޭނުމެއް ނުވޭ އެ ހާމަކުރާކަށް،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވި ގޮތުގައި މި ސަރުކާރުންވެސް ބުނަމުން ދަނީ އެމްޑީޕީ ސަރުކާރުންވެސް ބުނަމުން ދިޔަ އަދަދެވެ. އެހެންނަމަވެސް އެއީ ރަނގަޅު އަދަދެއް ނޫން ކަމަށް ޔާމީން ވިދާޅުވިއެވެ. އެކަން ހާމަކުރަން މި ސަރުކާރުން ބޭނުންނުވާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
އަދި ހދ.ހަނިމާދޫގައި ބޭރު ޤައުމުތަކުގެ ޖެޓް ޖައްސާ ވަރުގެ ބޮޑު ރަންވޭއެއް ހަދަމުންދާކަން ފާހަގަކުރައްވަމުން ޔާމީން ވިދާޅުވީ ހަނިމާދޫގައިވެސް އިންޑިއާ ސިފައިން އެބަތިބި ކަމަށެވެ.
ރާއްޖޭގައި ތިބި ކަމަށް ބުނާ އިންޑިއާ ސިފައިން އަނބުރާ ގައުމަށް ގެންދަން އިންޑިއާ އިން ވަނީ އެއްބަސްވެފަ އެވެ. އެގޮތުން ރާއްޖޭގައި މިހާރު ބޭނުންކުރަމުންދާ އިންޑިއާގެ ތިން އުޅަނދުގެ ތެރެއިން ދެ އުޅަނދެއްގައި ހަރަކާތްތެރިވާ ސިފައިން މި މަހު 10ގެ ކުރިން އަދި އަނެއް ދެ އުޅަނދުގެ ސިފައިން 10 މޭގެ ކުރިން އިންޑިއާ އަށް ގެންދަން އެގައުމުން ވަނީ އެއްބަސްވެފަ އެވެ.
އިންޑިއާ ސިފައިންގެ ބަދަލުގައި އެ އުޅަނދުތައް ދުއްވަން ދެން ފޮނުވާނީ ކަމަށް ގާބިލު ފަންނީ މީހުން ކަމަށް އިންޑިއާ ސަރުކާރުން ވަނީ ބުނެފަ އެވެ. އެގޮތުން އިންޑިއާ ފަންނީ މީހުންގެ ފުރަތަމަ ޓީމު މިހާރު ވަނީ އައްޑޫ ސިޓީ އަށް އައިސްފަ އެވެ.
ސަރުކާރުން އެންމެ ފުރަތަމަ ހާމަކުރި މައުލޫމާތުގައިވާ ގޮތުން ރާއްޖޭގައި ތިބީ އިންޑިއާގެ 77 ސިފައިންނެވެ. އޭގެ ފަހުން އެ އަދަދު 89 އަށް އިތުރުވެފައިވާ ކަމަށް ސަރުކާރުން ބުނި ނަމަވެސް ފަހުން އެ އަދަދު ވަނީ 88 އަށް ދަށްކޮށްފަ އެވެ.
ޔާމީންގެ ބަހުގެ ހަމާލާތައް ރައީސް މުއިއްޒުއަށް އަމާޒުވުމުގެ އެއް ސަބަބަކީ ޔާމީން މިނިވަންކޮށްދެއްވާނެ ކަމަށް ވިދާޅުވެ ޑރ. މުއިއްޒު ވެފައިވާ ވައުދު ފުއްދިފާ ނުވުމެވެ. ޑިސެމްބަރު 25، 2022 ގައި ދަށު ކޯޓުން އިއްވި 11 އަހަރުގެ ޖަލު ހުކުމުން ޔާމީން އަދިވެސް ސަލާމަތްވެވަޑައެއް ނުގަންނަވައެވެ. އެ މައްސަލައިގެ އިސްތިއުނާފު ހައިކޯޓުގައި ހުކުމްނުކުރެވި އޮންނަތާ ތިން މަހަށްވުރެ ގިނަ ދުވަސް ވަނީ ވެފައެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
16 ގަޑިއިރު ކުރިން
0
ތުރުކީއަށް 214 ބާވަތަކުން ސުން ޕަސަންޓުގައި އެކްސްޕޯޓް ކުރެވޭ ގޮތް ހަދަނީ
16 ގަޑިއިރު ކުރިން
0
ވަޒީރުންނާ ސުވާލުކުރެވޭ އަހާ ފޯރަމް ހޯމަ ދުވަހުގެ ރޭ ބާއްވަނީ
3 ދުވަސް ކުރިން
0
ރައީސް އެންޑޯސްކުރި ކެންޑިޑޭޓުން ކޮންގްރެސްއަށް ސޮއިކުރައްވައިފި
5 ދުވަސް ކުރިން
0
ރައީސް އިދިކޮޅަށް ގޮވާލެއްވީ ދެކޮޅުވެރިކަމާއި ހިޔާލު ތަފާތުވުން ދޫކޮށްލުމަށް
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ތުރުކީއަށް 214 ބާވަތަކުން ސުން ޕަސަންޓުގައި އެކްސްޕޯޓް ކުރެވޭ ގޮތް ހަދަނީ
16 ގަޑިއިރު ކުރިން
0
ވަގު ސިމް ހުއްޓުވަން ޑީއެންއާރާއިި ދިރާގުން އެއްބަސްވުމަކަށް
16 ގަޑިއިރު ކުރިން
0
ވަޒީރުންނާ ސުވާލުކުރެވޭ އަހާ ފޯރަމް ހޯމަ ދުވަހުގެ ރޭ ބާއްވަނީ
16 ގަޑިއިރު ކުރިން
0
ހަދިޔާފޮށިން އިނާމު ލިބުނު ފަރާތްތަކާ އިނާމު ހަވާލުކޮށްފި
1 ދުވަސް ކުރިން
0