ޚަބަރު
ރައީސް އިދިކޮޅަށް ގޮވާލެއްވީ ދެކޮޅުވެރިކަމާއި ހިޔާލު ތަފާތުވުން ދޫކޮށްލުމަށް
އިއްޔެ ސަރުކާރު ކެންޑިޑޭޓުން ހޯދި ބޮޑު ކާމިޔާބީ ފާހަގަކުރަން ބޭއްވި ޖަލްސާ - ފޮޓޯ: މިހާރު
ރައީސް އިދިކޮޅަށް ގޮވާލެއްވީ ދެކޮޅުވެރިކަމާއި ހިޔާލު ތަފާތުވުން ދޫކޮށްލުމަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

އިއްޔެގެ އިންތިހާބުގައި ސަރުކާރަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކުރަން މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ރައްޔިތުން ކުރި އިތުބާރުގެ މަތީގައި، މުޅި ސަރުކާރު އަޒުމް އާ ކުރަންވީ އިހްލާސްތެރިކަމާ އެކީގައި ކުރިއަށް ދިޔުމަށް ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުގެ ނަތީޖާއިން ރައްޔިތުން ސާބިތުކޮށްދިނީ، ގައުމުގެ މިނިވަންކަން ޔަގީންވެފައި އޮތުމަށާއި ތަރައްގީ ބާރު ދުވެލީގަ ހޯދުމާ އެކު ހަމަޖެހުމާއި ހިތްހަމަޖެހުން ބޭނުންވެފައި އޮތް މިންވަރެވެ.

"...ތިޔަ ދެއްވި އިތުބާރާ ދެއްވި ތާއީދުގެ މައްޗަށް އެތައް ގުނައަކުން މައްޗަށް ސްޕީޑު އަވަސްކޮށް، ރައްޔިތުން އެދޭ ތަރައްގީ ގެނައުމުގެ މަސައްކަތް. ދެން ފެށޭނީ ގައުމު ތަރައްގީވާން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އިންތިހާބުން ރައްޔިތުން ދިން ދިން މެސެޖަކީ ވާހަކަ ނުދައްކާ އަމަލުން ކަންކުރަންކަމަށްކަމަށެވެ. އެހެންކަމުން ކަންކަންކުރުމަށް ވާހަކަ ދެއްކުމުގެ ބަދަލުގައި ދެން ދެން ފެންނާނީ އަމަލުން ކަންކުރާތަންކަމަށްވެސް ރައީސް ވިދާޅުވި އެވެ. އަދި މިއީ ރައްޔިތުން ފަހުރުވެރިވާ އަދި އުފާވެރި ގައުމެއްގެ ގޮތުގައި ފެންނާނެކަމަށް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ރާއްޖޭގެ އެންމެ އުތުރުން އެންމެ ދެކުނަށް ކޮންމެ ރައްޔިތަކުވެސް އެދެމުންއައި ގޮތް ފަހިކޮށްދެއްވާނެކަމަށް ވިދާޅުވި އެވެ. އެމަނިކުފާނު ވެވަޑައިގެންނެވި ވަޢުދުތައް ފުއްދުމަށް އެކުވެރިކަން މުހިންމުކަމަށް ވިދާޅުވެ ރައީސް ވަނީ އަމިއްލަ މަސްލަހަށްވުރެ ވަތަނީ އަޒުމް އިސްކުރުމަށް ނަސޭހަތްތެރިވެވަޑައިގެންފަ އެވެ. 

އެމަނިކުފާނު ވިދާޅުވީ، ކޮންމެ ޕާޓީއަކަށް ނިސްބަތްވިޔަސް އެއިން ކޮންމެ މީހަކީ ވެސް މުހިންމު، ހަމަހަމަ މީހެއް ކަމަށާއި އެއިން ކޮންމެ ރައްޔިތެއް ދެކެ ލޯތްބާއި ގަދަރު ހިތްޕުޅުގައި އޮންނަ ކަމަށެވެ. އަދި ވަކި ސިޔާސީ ޕާޓީއަކަށްވުމުން ތަފާތު ނުކުރައްވާނެ ކަމަށާއި، ސިޔާސީ ވެގެން ފިޔަވަޅެއް ވެސް ނާޅާނެ ކަމަށެވެ.

ރައީސް ވިދާޅުވީ، ސިޔާސީ ޕާޓީތަކުގެ ވެރިންނާއި މެމްބަރުން މިއަދު އިސްކުރަންވީ ގައުމީ މަސްލަހަތު ކަމަށާއި، އޭރުން އަންނަން އޮތް ޖީލުތައް އެކަމަށްޓަކައި ފަހުރުވެރިވާނެ ކަމަށެވެ.

ސަރުކާރަށް ތާއީދުކުރާ އެތަކެއް ސަތޭކަ ސަޕޯޓަރުން ބައިވެރިވި މިރޭގެ ހަފްލާގައި 20 ވަނަ މަޖިލީހުގައި ސަރުކާރުގެ މެމްބަރުންގެ ގޮތުގައި 74 ކެންޑިޑޭޓުން ވަނީ ތައާރަފްކޮށްދީފަ އެވެ.

އެއާ އެކު ރައީސް ވަނީ ހިޔާލުތަފާތުވުންތައް އެއްފަރާތްކޮށް، ގައުމާއި ރައްޔިތުންގެ ހައްގުގައި އެކުގައި މަސައްކަތް ކުރުމުގެ ދައުވަތު ސިޔާސީ ވާދަވެރިންނަށް ވެސް މިރޭ ދެއްވައިފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު