ޚަބަރު
އޯއައިސީ ސަމިޓްގައި ރައީސްގެ މަންދޫބެއްގެ ގޮތުން ޑރ. ޝަހީމް
ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ހާއްސަ މަންދޫބެއްގެ ގޮތުގައި އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން، އޯ.އައި.ސީގެ 15 ވަނަ އިސްލާމިކް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް، އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ގެމްބިއާއަށް ފުރާވަޑައިގެންފި އެވެ.

ގެމްބިއާގެ ވެރިރަށް ބަންޖުލްގައި ބާއްވާ އޯއައިސީގެ 15 ވަނަ ބައްދަލުވުން ކުރިއަށް ދާނީ މި މަހުގެ 4 އާއި 5 ގަ އެވެ. ސަމިޓްގައި ބައްދަލުވުމުގައި 57 ގައުމެއްގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ސަމިޓްގެ މައިގަނޑު ޝިއާރަކީ މަ"ޝްވަރާކުރުމާ އެކީ ގުޅުންތައް ބަދަހިކޮށް ދެމެހެއްޓެނިިވި ތަރައްގީ އަށް މަސައްކަތް ކުރުން" އެވެ.

އޯއައިސީގެ އިސްލާމިކް ސަމިޓްގައި ރާއްޖޭގެ ފަރާތުން ޑރ. ޝަހީމް ތަޤުރީރު ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އޯއައިސީގެ މި ފަހަރުގެ ސަމިޓްގައި ފަލަސްތީނުގެ މައްސަލަ ވެސް ވަނީ އެޖެންޑާ ކޮށްފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު