ދީމާ މުޅި ގައުމު ފަހުރުވެރިކޮށްދީފި: ރައީސް
އައިމިނަތު ޝިޔާޒާ
15 މެއި 2024 - 21:32
0 comments
ފާތިމަތު ދީމާ އަލީ - އެމްއޯސީ ފޮޓޯ: މުހައްމަދު ޝަރުހާން
ރާއްޖޭގެ ތާރީހުގައި އޮލިމްޕިކްސަށް ކޮލިފައިވި ފުރަތަމަ އެޓްލީޓުގެ ޝަރަފް ޒުވާން ޓޭބަލް ޓެނިސް ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ ހޯދުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ދަންނަވައިފި އެވެ.މިއީ ދިވެހި ތާރީހުގައި ވެސް ދިވެއްސަކު އޮލިމްޕިކްސް އަށް ކޮލިފައިވި ފުރަތަމަ ފަހަރެވެ.މިއަހަރު ފްރާންސްގެ ޕެރިހުގައި އޮންނަ އޮލިމްޕިކްސް އަށް ދީމާ ކޮލިފައިވެފައިވަނީ ދެކުނު އޭޝިއާ ސަރަހައްދުގެ ކޮލިފައިން ބުރުގެ ޗެމްޕިއަންކަން ހޯދާގެނެނެވެ. ނޭޕާލުގައި ކުރިއަށް ދިޔަ މި މުބާރާތުގެ ޗެމްޕިއަންކަން ދީމާ ހޯދާފައިވަނީމިއަދު މެންދުރު ފަހު، ކޮލިފިކޭޝަނުގެ ފައިނަލުގައި ސްރީ ލަންކާގެ ބަންޑާރާ ބިމަންދީ އާ ދެކޮޅަށް ކުޅެގެންނެވެ. މި މެޗު ދީމާ ކާމިޔާބުކުރީ 1-4 ސެޓުންނެވެ.ދީމާ މިހާ ހިސާބަށް ދިއުމުގެ ކުރިން ސްރީ ލަންކާގެ މި ފެންވަރުގެ ކުޅުންތެރިންގެ އަތުން ރާއްޖޭގެ ކުޅުންތެރިޔަކު މޮޅުވެފައެއް ވެސް ނެތެވެ.ރައީސް "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއަދަކީ ދިވެހި ކުޅިވަރަށް ތާރީހީ ދުވަހެއް ކަމަށާއި ޓޭބަލް ޓެނިހުން ދީމާ ހޯދަމުންދާ ކާމިޔާބީތަކާ އެކު މުޅި ގައުމު ފަހުރުވެރިކޮށްދީފައިވާ ކަމަށެވެ. އަދި ފްރާންސްގެ ވެރިރަށް ޕެރިހުގައި ބާއްވާ އޮލިމްޕިކްސް މުބާރާތުގައި ދީމާ އަށް ކާމިޔާބީ އަށް ރައީސް އެދިވަޑައިގެންނެވި އެވެ.
ކިޔުންތެރިންގެ ޝުއޫރު