ޚަބަރު
ރަށްރަށުގައި ފަތުރުވެރިން އުޅޭނެގޮތުގެ އުސޫލެއް އެކުލަވައިލުމަށް މަޝްވަރާތަކެއް
ޓުއަރިޒަމް މިނިސްޓްރީއާ، އިސްލާމިކް މިނިސްޓްރީއާ، މޯލްޑިވްސް ޕޮލިސް ސަރވިސްއާއެކު މި ވުޒާރާއިން ބައްދަލުވުމެއް ބާއްވައިފި އެވެ. 

މިއަދު މެންދުރެއްހައި އިރު މި ވުޒާރާގައި ބޭއްވި މި ބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ، މުޅި ރާއްޖެއަށް ރަށުފަތުރުވެރިކަން އާންމުވެގެންދާ އިރު، މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިން އުޅޭނެ ގޮތުގެ އުސޫލެއް އެކުލަވައިލުމާ ބެހޭ ގޮތުން މަޝްވަރާކުރުމެވެ.

މިއަދުގެ މި މަޝްވަރާ ބައްދަލުވުމުން ނިމުނީ މި މަސައްކަތްކުރުމަށް ޓަކައި 4 މުއައްސަސާ ހިމެނޭ ގޮތަށް ކުޑަ ކޮމެޓީއެއް އެކުލަވައިގެން އުސޫލު އެކުލައިލުމުގެ މަސައްކަތްކުރިއަށް ގެންދާ ގޮތަށެވެ. 

އުސޫލު އެކުލައިލާ ކޮމެޓީގައި މި މުއައްސަސާގެ ކޮންމެ ކުލަސްޓަރއަކުން ބޭފުޅަކާއި، ޓުއަރިޒަމް މިނިސްޓްރީން 2 ބޭފުޅަކާއި، އިސްލާމިކް މިނިސްޓްރީން 2 ބޭފުޅަކާއި، އަދި މޯލްޑިވްސް ޕޮލިސް ސަރވިސްއިން 2 ބޭފުޅަކު ހިމެނިލައްވައެވެ.

މިއީ ރައީސް އޮފީހުން މި މިނިސްޓްރީއަށް ފޮނުވާފައިވާ ސިޓީއަކާ ގުޅިގެން މި މިނިސްޓްރީން އެކުލަވައިލާ އުސޫލެކެވެ. އެނގިވަޑައިގަންނަވާނެ ފަދައިން ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން އިސްލާމީ ވަޙްދަތުކުރިއަރުވާ މަތިވެރިކުރުމަށް އެތައް ގިނަގުނަ މަސައްކަތްޕުޅުތަކެއް އަންނަނީ ކުރަމުންނެވެ.

މިހާރުވެސް ވަކި ވަކި ރަށްރަށުގައި ފަތުރުވެރިންނަށް ޚާއްސަކޮށްގެން ވަކި އުޞޫލުތަކެއް ކަނޑައަޅާފައި ހުންނަކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ފަތުރުވެރިން ހެނދުން އެޅުމުގައި ގެންގުޅެންޖެހޭ މިންގަނޑުތަކާއި، މުޖުތަމައުގައި މީހުންގެތެރޭ އުޅޭއިރުކޮށްގެން ނުވާނެ ކަންތައްތައް އަނގައިދީ ބޯޑުތައްވެސް ރަށްރަށުގައި ބަހައްޓާފައި ހުރެއެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު