ޚަބަރު
މީހަކު ރަހީނުކޮށް ބޮޑެތި އަނިޔާ ދިނުމުގައި ސިފައިންގެ ދެ މީހަކު ބައިވެރިވި
މީހަކު ރަހީނުކޮށް އިނގިލި ބުރި މައްސަލާގައި ތުހުމަތު ކުރެވޭ ފަސް މީހުން
މިދިޔަ މެއި މަހުގެ 25ވަނަ ދުވަހުން ފެށިގެން ޖޫން 25އާ ހަމައަށް މާލޭ ގެއެއްގައި މީހަކު ރަހީނުކޮށް އޭނާއާމެދު މާރާމާރީ ހިންގީ، މަސްތުވާތަކެތީގެ މައްސަލައެއްގެ ތެރެއިންކަމަށް ބެލެވޭ ކަމަށާއި އެ ކަމުގައި ސިފައިންގެ ދެ މީހަކު ވެސް ބައިވެރިވެފައިވާކަމަށް ފުލުހުން މިއަދު ހާމަކޮށްފި އެވެ.

ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެމުން ފުލުހުން ވަނީ މިމައްސަލައިގައި ހިމެނޭ މީހުންގެ ވަނަވަރު ހާމަކޮށްފަ އެވެ. ފުލުހުން ބުނި ގޮތުގައި މިމައްސަލައިގައި ތިން ކުޑަކުދިން ބައިވެރިވެފައިވާތީ އެކަންވެސް ކަމާ ގުޅޭ އިދާރާތަކާ ގުޅިގެން ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

މަސްތުވާތަކެެއްޗާ ގުޅުންހުރި މައްސަލައެއްގައި މީހަކު ރަހީނުކޮށް އަނިޔާ ކުރި މީހުންގެ ތެރޭގައި ސިފައިންގެ ދެ މީހަކު ހިމެނޭތީ އެމީހުންނާ ދެކޮޅަށް އެމްއެންޑީއެފް އިން ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ. މައްސަލައިގައި ހިމެނޭ ސިފައިންގެ ދެ މީހުންނަކީ ޒަޔާން އާއި ނަފާހް އެވެ. މައްސަލައިގައި ހިމެނޭ އަނެއް ތިން މީހުންނަކީ މަސްތުވާތަކެތީގެ ކުށުގެ ރެކޯޑް އޮތް ބައެކެވެ.

މައްސަލައިގައި ހިމެނޭ މީހުން

  • އަލީ ސާމީ، ރ.ކަނދުޅުދޫ (24 އަހަރު)
  • މުހައްމަދު ނަފާހު، ކ.މާފުށި (23 އަހަރު)
  • މުހައްމަދު ނައުޝާން ހުސައިން، ތ.ތިމަރަފުށި (21 އަހަރު)
  • އަހްމަދު ޒަޔާން، ލ. ގަން (24 އަހަރު)
  • އަހްމަދު ސާއިފު ވަހީދު، ގދ. ގައްދޫ (18 އަހަރު)
މި އަމަލު ހިންގުމުގައި 18 އަހަރު ނުފުރޭ ތިން ކުއްޖެއްގެ ބައިވެރިވުން ވެސް އެބަ އޮތް ކަމަށާއި އެކަން ވެސް ބަލަމުންދާ ކަމަށް ޝިފާއު ވިދާޅުވި އެވެ.

އަނިޔާ ލިބުނު މީހާ ރަހީނުކޮށް އަނިޔާކުރީ ޝިފާއު ވިދާޅުވި ގޮތުގައި ތުހުމަތު ކުރެވޭ މީހުންގެ ނަމުގައި ކުއްޔަށް ނަގާފައިވާ ދެ އެޕާޓްމެންޓެއްގަ އެވެ. އެ މައްސަލާގެ ތުހުމަތު ކުރެވޭ މީހުންނަކީ އަނިޔާ ލިބުނު މީހާ މެދުވެރިކޮށް މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ބައެއް ކަން ފާހަގަ ކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެގޮތުން މަސްތުވާތަކެތި ބަންދުކުރަން ބޭނުންކުރާކަމަށް ބެލެވޭ ހުސްކޮތަޅާއި ކިރުމަށް ޓަކައި ބޭނުންކުރާ ކައްޓަ ފަދަ ތަކެތި އެންމެ ފަހުން އަނިޔާ ލިބުނު ފަރާތް ގެންގުުޅުނު އެޕާޓްމަންޓް ބަލައި ފާސްކުރުމުގައި އެ ތަނުގެ ތެރެއިން ފެނިފައިވާކަން ފާހަގަކޮށްލަން،" އޭނާ ވިދާޅުވިއެވެ.

ހަމައެއާއެކު އެ އެޕާޓްމަންޓު ތެރެއިން ފެނުނު ވޮލެޓަކުން ވެސް މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއް ފެނުނުކަމަށާއި ބަނގުރާ ހުސްކުރި ތިން ފުޅި ފެނުނުކަމަށް ވެސް ބުންޏެވެ.

މީގެ އިތުރުން ވެސް ޒަޔާންގެ ހަށިގަނޑުން މަސްތުވާތަކެތިކަމަށް ބެލެވޭ ދިޔާއެއްޗެއް ހުރި ސެލޯފިންކޮޅެއް އޮތްކަމަށް ވެސް ފުލުހުން ބުންޏެވެ.

މި މައްސަލަ އަދިވެސް އިތުރަށް ތަހުގީގުކުރަމުން އަންނަކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު