ޚަބަރު
މާލީ ބަޣާވަތުގެ ތުހުމަތަށް އެއްވެސް މީހަކާ އަދި ސުވާލެއް ނުކުރަން: ފުލުހުން
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކާޑުތަކުގެ ލިމިޓަށް ބަދަލު ގެންނަން އެ ބޭންކުގެ ބޯޑުން ނިންމި ޕްރޮފެޝަނަލް ނިންމުމަކީ އެމްޑީޕީ އާއި ގުޅިގެން ގެންނަން އުޅުނު "މާލީ ބަގާވާތެއް" ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހަދައި، އެކަމުގެ ތަހުގީގު ފުލުހުން ފެށިތާ ތިން ހަފްތާ ވެގެންދިޔައިރު ވެސް ތަހުގީގުގައި އެއްވެސް މީހަކާ ސުވާލުކޮށްފައި ނުވާ ކަމަށް ފުލުހުން ހާމަކޮށްފި އެވެ.

ގައުމީ ބޭންކް ބީއެމްއެލް އިން ކާޑުގެ ޑޮލަރު ލިމިޓާ ގުޅޭގޮތުން މިދިޔަ މަހު ނިންމި ނިންމުމަކީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ސަރުކާރު ވައްޓާލަން ކުރި ކަމެއްގެ ގޮތުގައި ތުހުމަތުކޮށް ފުލުހުން ވަނީ މައްސަލަ ތަހުގީގު ކުރަން ފަށައިފަ އެވެ.

ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ އެ މައްސަލާގައި މިވަގުތު ކުރަމުންދާ މަސައްކަތަކީ ތަހުގީގަށް ބޭނުންވާ މައުލޫމާތުތައް އެއްކުރުން ކަމަށެވެ. އަދި ޖިނާއީ ތަހުގީގެއް ކުރެވޭ މިންވަރަށް ކަންކަން ފުރިހަމަވޭތޯ ބަލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާތަނަކަށް އަޅުގަނޑުމެން އެއްވެސް ފަރާތަކާ ސުވާލުކޮށް ބަޔާން ނަގާފައެއް ނުވާނެ،" ޝިފާއު ވިދާޅުވި އެވެ.

ޖިނާއީ ބޮޑު ތުހުމަތެއް ކުރިއިރު، ބޭންކު އޮފް މޯލްޑިވްސްގެ އެއްވެސް ވެރިޔަކާ އަދި އެމްޑީޕީގެ ވެރިޔަކާ މިހާތަނަށް ސުވާލެއްގެ މިންވަރު ވެސް ނުކުރެ އެވެ. އެކަން ބޭންކުގެ އޮފިޝަލަކު އަދި އެމްޑީޕީން ވެސް ކަށަވަރުކޮށް ދިނެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު