ޚަބަރު
ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސުމަށްފަހު ފިލި މީހަކު ހައްޔަރުކޮށްފި
ސަމާހް: ފުލުހެއްގެ ގައިގައި ސައިކަލު ޖެއްސުމަށްފަހު ފިލި މައްސަލާގައި އޭނާ ވަނީ ހައްޔަރު ކޮށްފައި --
ސައިކަލަކުން ފުލުހެއްގެ ގައިގައި ޖެއްސި މީހަކު 10 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ޅ. ކުރެންދޫ، މަގުމަތީގެ، އަލީ ސަމާހް މުހައްމަދު (24އ) އެވެ.

އެ މައްސަލާގައި އިއްޔެ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ ޅ. ކުރެންދޫއަށް ނިސްބަތްވާ އަލީ ސަމާހް މުހައްމަދެވެ.

ފުލުހުން ބުނި ގޮތުގައި ސަމާހުގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ވަނީ 10 ދުވަހަށް އޭނާ ބަންދުކުރަން އަމުރުކޮށްފަ އެވެ.

މާލޭ ސަރަހައްދުގައި ނުރައްކާތެރި އެކްސިޑެންޓްތައް އިތުރުވެ، ޓްރެފިކް ފުލުހުން ދަނީ މާލޭގެ އެކި ސަރަަހައްދުތަކުގައި ޓްރެފިކް އޮޕަރޭޝަންތައް ހިންގަމުންނެވެ. އަދި ބާރަށް ސައިކަލު ދުއްވާ މީހުންނަށް ހަރުކަށި ފިޔަވަޅު އެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ އަންގަވައިފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު