ޚަބަރު
ސްޕާތަކަކުން ބިދޭސީ އަންހެނުންތަކެއް އަތުލައިގެންފި
ސެލޫންތަކާއި ސްޕާތަކުން ބިދޭސިން އަތުލައިގަތުމަށް ހިންގި އިންސްޕެކްޝަންގެ ތެރެއިން
މާލެ ސަރަަހައްދުގައި ހިންގާ ސްލޫންތަކާއި ސްޕާތަކުން ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީ އަންހެނުންތަކެއް ހޯދުމަށްފަހު، އެ މީހުންނަށް ވަޒީފާދިން ހަތް މީހަކަށް އިމިގްރޭޝަނުން ނޯޓިސް ދީފި އެވެ.

އެގޮތުން އިއްޔެ އިމިގްރޭޝަނުގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ޖުމްލަ 22 ތަނެއް ބަލައި ފާސްކޮށް ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދިޔަ ބިދޭސީ 7 އަންހެނަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެ އެވެ. 

އަދި އެ މީހުންނަށް ވަޒީފާ ދިން ފަރާތްތަކުގެ ތެރެއިން ހަތް ފަރާތަކަށް ނޯޓިސް ވެސް ދީފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، އިމިގްރޭޝަނުން އަންނަނީ ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުން އަންނަ ބިދޭސީން ހޯދުމަށް ތަފާތު ރެއިޑްތައް ހިންގަމުންނެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު