ޚަބަރު
އުތުރު ގޭޓްވޭގެ މައި އޮފީސް ހުޅުވައިފި
އުތުރު އުލިގަން އިންޓަނޭޝަނަލް ޝިޕް އެންޑް ޕޯޓް ސެކިއުރިޓީ ގޭޓް ހުޅުވުން --
އިހަވަންދިއްޕޮޅުގައި ހިންގާ މެރިޓައިމް ބޮޑު މަޝްރޫއުގެ ތެރެއިން ހިދުމަތްތައް ގާއިމްކުރުމަށް ޓަކައި އެ ކަމަށް ބޭނުންވާ އޮފީސް "އުތުރު އުލިގަން އިންޓަނޭޝަނަލް ޝިޕް އެންޑް ޕޯޓް ސެކިއުރިޓީ ގޭޓް" (އައިއެސްޕީއެސް ގޭޓު) މިރޭ ހުޅުވައިފިއެވެ.

އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި އުތުރު އައި.އެސް.ޕީ.އެސް ގޭޓް ހުޅުވައި ދެއްވީ އެ ރަށުގެ ރިޓަޔާޑް މެޖިސްޓްރޭޓް އިދްރީސް އާދަމެވެ.

އެ އޮފީހުން، އެމްޕީއެލް އާއި އިމިގްރޭޝަނާއި ކަސްޓަމްސް އަދި އެމްއެންޑީއެފްގެ މުވައްޒަފުންނަށް ހާއްސަ ޖާގަ ކަނޑައަޅާފައިވެ އެވެ. އަދި މައްސަލައެއް ދިމާވެއްޖެނަމަ، ޑިޓެންޝަން ރޫމެއްގެ އިތުރުން، އެ އޮފީހަށް ވަންނަ ފަރާތްތަކުން ސެކިއުރީ ސްކްރީން މެޝިން ވެސް ވަނީ ބަހައްޓާފަ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވީ އުތުރުގެ މި ސަރަހައްދަކީ ވިޔަފާރީގެ ގޮތުން ސްޓްރެޓެޖިކް ސަރަހެއްދެއް ކަމަށެވެ.

އެހެންކަމުން އަމާޒަކީ ރާއްޖޭގެ ސްޓްރެޓެޖިކް ލޮކޭޝަންގެ ފައިދާ ނަގައިގެން މެރިޓައިމް ޚިދުމަތް ދޭ ގައުމަކަށް ހަދައި އޭގެ ނަފައި ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށެވެ.

"މި ގޭޓްވޭވާނީ މާކެޓް ޕްލޭސްއަކަށް. އެއީ މި ގޭޓްވޭއިން މި އޭރިއާއިން ދަތުރު ކުރާ އުޅަނދުތަކުން ހަމައެކަނި ޔޮޓްތަކެއް ނޫން، ކާގޯ ބޯޓުތަކާއި ކޮންޓެއިނާ ޝިޕްތަކަށް ހިދުމަތްތައް ދެވޭނެ. އަޅުގަނޑުމެންނަށް ނެގެން އޮތް އެންމެ ބޮޑު މަންފާއެއް ހޯދޭނެ،" އޭނާ ވިދާޅުވި އެވެ.

އިހަވަންދިއްޕޮޅުގައި "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގައި އިންޓަނޭޝަނަލް ބަންކަރިން ފެސިލިޓީ" އެޅުމަށް އެސްޓީއޯ އިން ނެދަލޭންޑްސްގެ ކުންފުންޏެއް ކަމަށްވާ "ވިޓޯލް"އާ އެކު އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ މާޗު މަހުއެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު