ޚަބަރު
އުލިގަމުގައި ޔޮޓް މެރީނާއެއް އެޅުމަށް ހަ ފަރާތަކުން ޝައުގުވެރިވެއްޖެ
ހއ. އުލިގަމުގައި ތަރައްގީކުރަން ނިންމާފައިވާ "އުލިގަން މެރީނާ ޕްރޮޖެކްޓް" ކުރިއަށް ގެންދިއުމަށް ޝައުގުވެރިވާ ފަރާތްތަކަށް ހުޅުވާލި ފުރުސަތުގައި ހަ ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފި އެވެ.

ހއ. އުލިގަމުގައި އިންޓަނޭޝަނަލް ޝިޕް އެންޑް ޕޯޓް ފެސިލިޓީ ސެކިއުރިޓީ (އައިއެސްޕީއެސް) ގޭޓް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވަޖީހު ވިދާޅުވީ، އުލިގަމަކީ ޒާމާނުއްސުރެ ފެށިގެން ބޭރުގެ ފަރާތްތަކުން ޝައުގުވެރިވާ ސަރަހައްދެއް ކަމަށެވެ. މިކަން ހެކިދޭކަން ފާހަގަކުރައްވަމުން ވަޖީހު ވިދާޅުވީ، އަހަރެއްގެ މައްޗަށް އެތައް ސަތޭކަ ޔޮޓެއް މިރަށަށް ބަނދަރު ކުރާ ކަމަށް ވަޖީހު ފާހަގަކުރެއްވިއެވެ.

"އެއްވެސް ފަރާތަކުން، އެ މީހުންނަކަށް އަޅައެއް ނުލާ، ދެން ފަހަރެއްގައި ކައުންސިލުން އަޅައެއް ނުލާ ވާހަކައެއް ނޫން، އެހެން ނަމަވެސް ސަރުކާރުގެ ތެރެއިން މިހާހިސާބަކަށް އެކަށީގެންވާ ހިދުމަތްތަކެއް ފޯރުކޮށްދީފައެއް ނެތް،". ވަޖީހު ވިދާޅުވި އެވެ.

މިމަޝްރޫއަށް ޝައުގުވެރިވާ ފަރާތްތަކުން ޔޮޓް މެރީނާ ހެދުމަށް މަޖުބޫރުކޮށްފައިވާއިރު މި މަޝްރޫއުގައި ދެން ހިމެނޭ ކޮންމެވެސް އެއް ބައެއް ނުވަތަ ދެ ބައެއްގައި ހިމެނޭ މަސައްކަތްތައްވެސް ކުރަންޖެހެ އެވެ.

އެމްޕީއެލް އިން ބުނީ އުލިގަން މަޝްރޫއުގައި ހިމެނޭ ބައިތަކުގެ މަސައްކަތްތައް ފެށުމާއެކު ގިނަ އަދަދެއް ވަޒީފާގެ ފުރުސަތުތައް ހުޅުވާލެވި އިގްތިސާދީ ގޮތުން ހެޔޮ ބަދަލުތައް އުތުުރުގެ ރަށްތަކަށް އަންނާނެ ކަމަށެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު