ޚަބަރު
އިހަވަންދޫގައި ޑޮކްޔާޑެއް ތަރައްގީކުރަން ނިންމައިފި
ހއ. އިހަވަންދޫ - ފޮޓޯ: އިހަވަންދޫ.ކޮމް
ހއ. އިހަވަންދޫގައި ޑޮކްޔާޑެއް ތަރައްގީކުރުމަށް ނިންމާފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހާމަކޮށްފި އެވެ.

ބަންކަރިން ހިދުމަތަކީ ރާއްޖޭގެ އިގްތިސާދު ސިންދަފާތުކޮށް، ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތެކެވެ.

ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް ވިދާޅުވީ އުތުރުގައި ފަށަން ނިންމާފައިވާ ބަންކަރިންގެ ހިދުމަތް މި މަހުގެ 19ވަނަ ދުވަހު ފެށުމަށް އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާ ކަމަށެވެ. 

އަދި އެ ހިދުމަތް ފެށުމުން އެމްޕީއެލުން މެރިޓައިމްގެ 14 ހިދުމަތެއް ބޯޓުތަކަށް ފޯރުކޮށްދޭނެ ކަމަށާއި އެކަމަށް ތައްޔާރުވެފައިވާ ކަމަށްވެސް ސީއީއޯ ވިދާޅުވި އެވެ. މީގެ ތެރޭގައި ޕައިލެޓޭޖާއި ކްރޫ ބަދަލުކުރުމާއި ކާބޯތަކެތި ފޯރުކޮށްދިނުމާއި މެއިންޓަނަންސް ހިދުމަތް އަދި ޓަގް ހިދުމަތް ފަދަ ހިދުމަތްތައް ހިމެނެ އެވެ. 

ވަޖީހު ވިދާޅުވީ އުތުރަށް ދަތުރުކުރާ ބޯޓުފަހަރަށް ބޭނުންވާ ޑީޕް ސީ މެއިންޓަނެންސަށް ހާއްސަ ޓަރމިނަލެއް ހއ. އިހަވަންދޫގައި ގާއިމުކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި ވަރަށް އަވަހަށް އެ ރަށުގައި ބޯޓުތަކަށް ހިދުމަތް ދިނުމަށް ޑޮކްޔާޑެއްވެސް ގާއިމުކުރުމަށް ނިންމާފައިވާކަމަށްވެސް ވަޖީހު ވިދާޅުވި އެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު