ވިޔަފާރި
ބަންކަރިންގެ ހިދުމަތަށް ގެނައި ދެވަނަ ބޯޓު ކުޅުދުއްފުށީގައި ބަނދަރުކޮށްފި
ރާއްޖޭގެ އެންމެ އުތުރުގެ ރަށްތައް ހިމެނޭ ސަރަހައްދު ކަމަށްވާ އިހަވަންދިއްޕޮޅުގައި އެސްޓީއޯ އާއި އެމްޕީއެލް ގުޅިގެން ބައިނަލްއަގުވާމީ ބަންކަރިންގެ ހިދުމަތް އަންނަ ހަފްތާގައި ފެށުމަށް ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން، އެސްޓީއޯއިން ގެނައި ދެވަނަ ބޯޓު ކުޅުދުއްފުށި ސިޓީ ކައިރީ ބަނދަރުކޮށްފި އެވެ.

ރާއްޖޭގައި އޮފްޝޯ ބަންކަރިންގެ ހިދުމަތް ފެށުމަށްޓަކައި ގެންނަނީ ގާތްގަނޑަކަށް 4000 ޓަނުގެ ތެޔޮ އުފުލޭ 2 ބޯޓެވެ. މީގެތެރެއިން ފުރަތަމަ ބޯޓު "މެރިން އެންޖެލް" މިމަހުގެ 9ވަނަ ދުވަހު ވަނީ ކުޅުދުއްފުށި ސިޓީގައި ބަނދަރުކޮށްފަ އެވެ.

އަދި ދެވަނަ ބޯޓު "މެރިން ބެއްލާ"ވެސް މިހާރުވަނީ ކުޅުދުއްފުށި ސިޓީ ކައިރީ ބަނދަރުކޮށްފައެވެ. ބަންކަރިންގެ ހިދުމަތް އެންމެ ފުރަތަމަ ފަށަނީ އިހަވަންދިއްޕޮޅުގަ އެވެ.

އުތުރުގެ ސަރަހައްދަކީ ބައިނަލްއަގުވާމީ ކަނޑު ދަތުރުތަކުގައި މުހިންމު ސަރަހައްދަކަށްވާއިރު، އުތުރުގައި ބަންކަރިން އާއި މެރިޓައިމްގެ ހިދުމަތްތައް ފޯރުކޮށްދޭން ފެށުމަކީ ރާއްޖެއަށް ބޮޑު ފައިދާއެއް ކުރާނެ ކަމެއް ކަމަށް ސަރުކާރުން ބުނެ އެވެ.

އިހަވަންދިއްޕޮޅުގައި ބައިނަލްއަގްވާމީ ބަންކަރިން މަޝްރޫއެއް ހިންގަން އެސްޓީއޯއިން ހަކަތައިގެ ވިޔަފާރިކުރާ ދުނިޔޭގެ އެންމެ ބޮޑު އަމިއްލަ ކުންފުނި، ވިޓޯލްއާ އެކު އެމްއޯޔޫއެއްގައި ސޮއިކުރީ 13 މާޗު 2024ގަ އެވެ.  

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު