ވިޔަފާރި
ބަންކަރިންގެ ހިދުމަތް ފެށުމަށްފަހު، އެންމެ ފުރަތަމަ ހިދުމަތް ދޭނީ އެމްއެސްއެސްގެ ބޯޓަކަށް
ރާއްޖޭގައި ރަސްމީކޮށް ބަންކަރިންގެ ހިދުމަތް ދޭން ފަށަން ތައްޔާރުވަމުން އަންނައިރު، އެ ހިދުމަތް ފުރަތަމަ ދޭނީ ސްރީ ލަންކާގެ ކޮލަންބޯ އިން ރާއްޖެއާ ދެމެދުގައި ދަތުރުކުރާ ބޯޓަކަށް ކަމަށް އެސްޓީއޯ އިން މިއަދު ބުނެފި އެވެ.

އެ ކުންފުނިން ނެރުނު ނޫސްބަޔާނެއްގައި ވަނީ، މިއީ އެ އުޅަނދުގެ ޝެޑިއުލްޑް ބަންކަރިންއެއް ކަމަށެވެ.

އެ ބަޔާނުގައި ވަނީ، މީގެ ކުރިން މި އުޅަނދުގެ ދަތުރު ޝެޑިއުލްއާއެކު ބަންކާކުރަމުން އައީ ކޮލަންބޯއިން ކަމަށެވެ.

އެ އުޅަނދަށް މަހެއްގެ މައްޗަށް 200 ޓަނުގެ ތެޔޮ ބޭނުންވެ އެވެ. އުޅަނދުގައި 1،100 ކޮންޓެއިނަރު އުފުލުމުގެ ގާބިލުކަން ހުރެ އެވެ.

އެސްޓީއޯގެ އޮފިޝަލް ވިދާޅުވީ، ބައިނަލްއަގްވާމީ ބަންކަރިންގެ ހިދުމަތަށް އެދި މިހާރު ވެސް ބުކިންތައް ލިބެމުން އަންނަ ކަމަށެވެ. ހިދުމަތް ފަށައި، އިތުރަށް ފުޅާކުރުމުން މާކެޓް ވަރުގަދަވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ އުތުރުގައި ބަންކަރިންގެ ޚިދުމަތް ފެށުމަށް ތައްޔާރުވެފައިވާއިރު، އެ ޚިދުމަތް ދިނުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވަނީ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އާއި އެމްޕީއެލްއެވެ.

އެސްޓީއޯއިން ބޯޓުތަކަށް ތެލުގެ ޚިދުމަތްދޭއިރު، އެމްޕީއެލުން ހިދުމަތްދޭނީ ސީދާ ބޯޓުތަކަށް ބޭނުންވާ އެހެނިހެން ކަންކަމުގައެވެ.

އިހަވަންދިއްޕޮޅުގައި "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ" ގާއިމްކޮށް، އިންޓަނޭޝަނަލް ބަންކަރިން ފެސިލިޓީ އެޅުމަށް އެސްޓީއޯ އިން ނެދަލޭންޑްސްގެ ކުންފުންޏެއް ކަމަށްވާ "ވިޓޯލް" އާ އެކު އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ މާޗު މަހު އެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު