ވިޔަފާރި
ފެނަކައިގެ ޗެއާމަނަކަށް އެސްޓީއޯގެ އެމްޑީ ޝިމާދު
ފެނަކައިގެ ޗެއާޕާސަންގެ މަގާމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ހަމަޖައްސައިފި އެވެ.

ރަށްރަށަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ކުންފުނީގެ ޗެއާޕާސަންގެ މަގާމަށް ޝިމާދު އައްޔަންކުރިއިރު، އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ފެނަކަ ހިންގުމަށްޓަކައި އަންނަނީ ތައްޔާރު ވަމުންނެވެ.

ޝިމާދުގެ އިތުރުން ޕީސީބީން ވަނީ އެސްޓީއޯގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) މުހައްމަދު ނިޒާމާއި ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު މާޒިން ވެސް ފެނަކައިގެ ބޯޑަށް އައްޔަންކޮށްފަ އެވެ.

އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ފެނަކަ ހިންގަން ކެބިނެޓުން ނިންމީ މިދިޔަ މަހުގެ 25ގަ އެވެ. އެ ނިންމުން ނިންމީ ފެނަކައިގެ ކުރީގެ ލީޑާޝިޕަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ ސީރިއަސް މައްސަލަތަކެއް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބަލަމުން ދަނިކޮށެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރުމަކީ މި ސަރުކާރުގެ ވައުދެކެވެ. ފިނޭންސް މިނިސްޓްރީން ބުނީ އެސްޓީއޯ ފެނަކައިގެ ދަށަށް ބަދަލު ކުރުމަކީ އެ މަސައްކަތުގެ ބައެއް ކަމަށެވެ. އެސްޓީއޯގެ ސަބްސިޑަރީއަކަށް ފެނަކަ ބަދަލު ކުރާއިރު ކުންފުންޏެއްގެ ގޮތުގައި ފެނަކައިގެ އަގު އެނގޭނީ މިނިވަން އޮޑިޓަކަށް ފަހު އެވެ. 

ފެނަކައިގެ އެމްޑީ އަކީ މުއާޒު މުހައްމަދު ރަޝީދެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު