ޚަބަރު
ފެނަކަ ކޯޕަރޭޝަން ޑިޖިޓަލައިޒް ކުރުމަށް މަގު ޗާޓެއް އެކުލަވާލައިފި
ފެނަކަ ކޯޕަރޭޝަން ޑިޖިޓަލައިޒް ކުރުމަށް މަގު ޗާޓެއް އެކުލަވާލައިފި އެވެ.

ސަރުކާރުގެ ބައެއް އިސްވެރިންނާއި، ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުއާޒް މުހައްމަދު ރަޝީދާާއި އެ ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގަތް އިވެންޓެއްގައި މި މަގުޗާޓުގައި ހިމެނޭ އެކި ކަންކަމުގެ ތަފްސީލުތައް މުވައްޒަފުންނާ ހިއްސާކޮށްފައިވެ އެވެ.

މިއަދު ހެނދުނު މީރުމާ ހޯލްގައި ބޭއްވި އިވެންޓެއްގައި ތައާރަފް ކުރި މި މަގުޗާޓުގައި ކުންފުނިން ދެމުންދާ ހިދުމަތްތައް އޮމާންކަމާއެކު، މިހާރަށްވުރެ އަވަސްކޮށް ދިނުމަށް މަގުފަހިވާނެ ތަފާތު އެކި ސޮފްޓެވެއާތަކާއި ޕޯޓަލްތައް ހިމެނެ އެވެ.

އެގޮތުން މިއަދު އިފްތިތާހު ކުރެވުނު ގިރުނބާއަކީ، މި މަގުޗާޓުގެ ދަށުން އެކުލަވާލެވި، ބޭނުން ކުރަން ފެށުނު އެންމެ މުހިއްމު ޑިޖިޓަލް ކޮމްޕޮނެންޓެވެ. މިއީ، ފެނަކައިން ރަށްރަށުގައި ދެމުންދާ ހިދުމަތްތަކާ ގުޅޭ ގިނަ ޑޭޓާތަކެއް ވަގުތުން ވަގުތަށް ރައްކާ ކުރެވި، ރަށްރަށުގައި ޤާއިމްކުރެވިފައިވާ ފެނަކަ އިންޖީނުގެތަކާއި، ފެން ޕްލާންޓުތަކުގެ ހާލަތު ވަގުތުން ފެންނަގޮތަށް ފަރުމާ ކުރެވިފައިވާ ޕޯޓަލްއެއް ކަމަށް ފެނަކަ އިން ބުނެ އެވެ. މިއާއެކު ޚިދުމަތްތަކަށް ބުރޫއަރާފާނެ ޙާލަތެއް ދިމާވުމުގެ ކުރިން، ދުރާލާ ތައްޔާރުވެ ފިޔަވަޅުތައް އެޅުމަށް ފުރުސަތު ފަހިވެގެންދާނެ ކަމަށް ފެނަކަ އިން ހާމަކުރެ އެވެ.

ގިރުނބާގެ އިތުރުން، ކުންފުނީގެ އެޗްއާރ މަސައްކަތްތައް ޒަމާނީކޮށް ޑިޖިޓަލައިޒް ކުރުމަށް ހާއްސަ ސޮފްޓްވެއާއެއްވެސް ތައާރަފްކޮށްފައިވެ އެވެ. މި ސޮފްޓްވެއަރއާއެކު، ޗުއްޓީއަށް އެދުމާއި ސަލާމް ބުނުންފަދަ، މުވައްޒަފުންނާ ސީދާ ގުޅުންހުރި ކަންކަމަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ފެނަކައިން މައުލޫމާތުދެ އެވެ.

ގިރުނބާގެ އިތުރުން، ކުންފުނީގެ އެޗްއާރް މަސައްކަތްތައް ޒަމާނީކޮށް ޑިޖިޓަލައިޒް ކުރުމަށް ހާއްސަ ސޮފްޓްވެއާއެއްވެސް ތައާރަފްކޮށްފައިވެ އެވެ. މި ސޮފްޓްވެއާއާއެކު، ޗުއްޓީއަށް އެދުމާއި ސަލާމް ބުނުންފަދަ، މުވައްޒަފުންނާ ސީދާ ގުޅުންހުރި ކަންކަމަށް ފަސޭހަތަކެއް ލިބިގެންދާނެކަން އެ ކުންފުނިން ފާހަގަކުރެ އެވެ. މީގެ އިތުރުންވެސް ފެނަކަ ޓެންޑަރ ޕޯޓަލްއާއި، ޓިކެޓިން ސިސްޓަމް، ފިއުލް މެނޭޖްމަންޓް ސިސްޓަމް، މައިފެނަކަ ޕޯޓަލްފަދަ، ކަސްޓަމަރުންނަށް ކުންފުނީގެ ހިދުމަތްތައް ހޯދުމަށް ފަސޭހަ ވެގެންދާނެ އެތައް ކަމެއް މި މަގުޗާޓުގައި ހިމަނާފައިވެ އެވެ.

ފެނަކައިން ބުނީ އެޗްއާރް ސިސްޓަމް ފިޔަވައި، ދެން ހުރި ސޮފްޓްވެއަރތަކަކީ، ފެނަކައިގެ ޑިވެލޮޕަރުންނާއި ސޮފްޓްވެއާ އިންޖިނިއަރުން ތަރައްގީކުރާ ފެނަކައިގެ އަމިއްލަ ސޮފްޓްވެއަރތަކެއްކަމަށެވެ.

ފެނަކަ ޑިޖިޓަލައިޒް ކުރުމުގެ ދަށުން، ޕަވަރ މޮނިޓަރ ކުރުމަށް ބޭނުންކުރެވޭ ސެންޓްރަލް ސްކާޑާ ސިސްޓަމް ތ.އަތޮޅުގައި މިހާރު ވަނީ ބޭނުން ކުރަން ފަށާފަ އެވެ. އަދި ކުންފުނިން ބޭނުންކުރަމުންދާ ހުރިހާ ކަރަންޓު މީޓަރެެއް ސްމާރޓް މީޓަރަށް ބަދަލުކުރުމަކީވެސް ފެނަކައިގެ ޑިޖިޓަލް ޕްލޭންގެ ތެރޭގައި ހިމެނޭ ކަމެއްކަން އެކުންފުނިން ވިދާޅުވެ އެވެ. މިޕްރޮޖެކްޓްގެ ދަށުން ދ.ކުޑަހުވަދޫގައި ސްމާރޓް މީޓަރު ޤާއިމްކޮށް ރަސްމީކޮށް ހިދުމަތްދޭން މިހާރު ވަނީ ފަށާފަ އެވެ.

ފެނަކައިގެ އަމާޒަކީ މިމަގުޗާޓުގައި ހުރި ކަންކަން މިއަހަރު ނިމުމުގެ ކުރިން ފުރިހަމަކޮށް ކުންފުނީގެ މަސައްކަތް ޑިޖިޓަލައިޒް ކުރުމެވެ. މިއާއެކު، މުވައްޒަފުންގެ މަސައްކަތްތަކަށާއި ކުންފުނީގެ ހިދުމަތްތަަކުގެ ސްޕީޑް އަވަސްވެގެންދާނެކަމަށް އެކުންފުނިން ވިދާޅުވެ އެވެ.



ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު